މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މަސްވެރިކަންކުރާ އުޅަނދުފަހަރުގައި އެޅުމަށް ރާއްޖެއަށް އެތެރެކުރާ މެރިން ޑީސަލް އިންޖީނުގެ ޑިޔުޓީ މަޢާފުކުރުމާބެހޭ
                                ނަންބަރު (IUL)30-B/1/2013/23 (14 އޭޕްރިލް 2013) އިޢުލާނާއެކު 18 އޭޕްރިލް 2013ގައި ގެޒެޓުގައި ޝާއިޢުކޮށްފައިވާ " އިމްޕޯޓް ޑިޔުޓީ މަޢާފުކޮށްފައިވާ އިންޖީނު އަޅާ އުޅަނދުފަހަރުގެ އޮޑިވެރިން އެ އުޅަނދުފަހަރާމެދު ޢަމަލު ކުރަންޖެހޭ އުޞޫލު" އާ އެއްގޮތްވާގޮތުގެ މަތިން "މަސްވެރިކަންކުރާ އުޅަނދުފަހަރުގައި އެޅުމަށް ރާއްޖެއަށްއެތެރެކުރާ މެރިން ޑީސަލް އިންޖީނުގެ ޑިޔުޓީ މަޢާފުކުރުމަށް އެދޭ ފޯމު" އިން ޑިޔުޓީ މަޢާފުކޮށްދިނުމަށް އެދި ހުށަހަޅަންޖެހޭނީ އިސްވެ ދެންނެވުނު އުޞޫލު ގެޒެޓުގައި ޝާޢިޢުކޮށްފައިވާ ތާރީޚު ކަމުގައިވާ 18 އޭޕްރިލް 2013 ގެ ނިޔަލަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސަސް އަށް ޑިޔުޓީ ދައްކާފައިނުވާ އިންޖީނުކަމުގައި ދަންނަވައި ޢާންމުކޮށް އިޢުލާން ކުރީމެވެ.
5 ރަޖަބު 1434
             15 މޭ 2013
            
        
                    ހޯދާ  
                
                 
                    