ދިވެހިރާއްޖެ
| 
 އިޢުލާނު 
  | 
|
| 
 މަޤާމު:  | 
 ޑިރެކްޓަރ  | 
| 
 ސެކްޝަން:  | 
 ޑިވެލޮޕްމަންޓް އެންވަޔަރމެންޓް އަދި މޮނިޓަރިންގ ސެކްޝަން  | 
| 
 މަޤާމުގެ ނަންބަރު:  | 
 J-326213  | 
| 
 ބޭނުންވާ އަދަދު:  | 
 01  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކު:  | 
 އީ. އެކްސް. 1  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޓެކްނިކަލް ޑިރެކްޓަރ  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ 5 ވަނަ ފަންގިފިލާ)  | 
| 
 މުސާރަ:  | 
 8835.00  | 
| 
 ސަރވިސް އެލަވަންސް:  | 
 2000.00  | 
| 
 އެހެނިހެން އެލަވަންސް:  | 
  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 
 1- ރިޒޯޓްތަކުގެ އެގްރީމަންޓްތަކުގަ އެރިޒޯޓެއްގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ކުރާނޭކަމަށް އެއްބަސްވެފައިވާ ކަންތައްތައް އެގްރީމަންޓާއި އެއްގޮތަށް ކުރަމުންދޭތޯ ބަލައި ޗެކްކުރުން އަދި ސުޕަވައިޒްކުރުން. 2- ޓޫރިސްޓް ރިޒޯޓުތަކުގައި ތިމާވެއްޓާއި ގުޅޭ މަސައްކަތްތައް ހިންގަނީ ކަނޑައެޅިފައިވާ ފެންވަރަށް އަދި ކަމާއިގުޅުންހުރި ގަވާޢިދުތަކާއި އެއްގޮތަށްތޯ އަދި އިމާރާތް ކުރުމުގެ ކަންކަން ކުރިއަށްދަނީ ދީފައިވާ ހުއްދަތަކާއި އެއްގޮތަށްތޯ ބަލާ، ފިޔަވަޅުއަޅަންޖެހޭ ފަރާތަކާއި މެދު ފިޔަވަޅު އެޅުމަށް ކަމާއި ބޭހޭ ސެކްޝަންތަކަށް އަދި ކަމާއި ބެހޭ ވުޒާރާތަކާއި އެކު މަސައްކަތްކުރުން. 3- ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ އަދި ޔޮޓު ބަނދަރު ތަރައްޤީ ކުރުމަށް ފާސްކޮށް މިނިސްޓްރީއަށް ހުށަހަޅާ ވާރކް ޕްލޭން، ޑިވެލޮޕްމެންޓް މާސްޓަރޕްލޭން، ކޯސްޓަލް މޮޑިފިކޭޝަން ކޮންސެޕްޓް އަދި ޑީޓެއިލް ޑްރޮވިންގްސް އިވެލުއޭޓުކޮށް ފާސްކުރުމުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ސުޕަވައިޒުކުރުން. 4- އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ މަޝްރޫޢުތައް ކުރިއަށްދާގޮތް މޮނިޓަރކުރުމަށް ރޭވުމާއި، ޕްރޮގްރެސް މޮނިޓަރިންގ ދަތުރުތަކުގައި ބައިވެރިވާ މުވައްޒަފުން ކަނޑައެޅުން އަދި ދަތުރާ ގުޅޭ ގޮތުން ތައްޔާރު ކުރެވޭ ރިޕޯޓުތައް ޗެކުކޮށް ކަމާއި ބޭހޭ ސެކްޝަންތައް އަދި ކަމާއި ބެހޭ ވުޒާރާތަކާއި ވިލަރެސްކޮށް ސުޕަވައިޒުކުރުން. 5- ފަތުރުވެރިކަމަށް ތަރައްޤީ ކުރެވޭ ރިޒޯޓްތަކާއި ރަށްރަށް ޢިމާރަތް ކުރަމުންދާ ފިޔަވަހީގައި ބަލަންޖެހޭ ކަންތައް ބަލާ މިކަމާއި ގުޅިގެން މިނިސްޓްރީއިން ކުރަންޖެހޭ ކަންތައްތައް ކުރުން އަދި ސުޕަވައިޒްކުރުން. 6- ފަތުރުވެރިކަމާއި ގުޅުންހުރި މަޝްރޫޢުތަކާއި ގުޅިގެން ޑިއުޓީ މަޢާފު ކުރަންޖެހޭ ޕްރޮޖެކްޓްތަކުގެ އެންމެހާ ކަންކަން ކުރުމާއި އެޕްރޮޖެކްޓްތަކުގެ ކަންކަން ބެލެހެއްޓުން އަދި މޮނިޓަރ ކުރުން 7- ފަތުރުވެރިކަމަށް ތަރައްޤީކުރެވޭ ތަންތަނަށް ދިމާވާ މައްސަލަތަކުގައި ހައްލުހޯދުމުގެ މަސައްކަތުގައި އެހީތެރިވެދިނުން. 8- ސެކްޝަންގެ މަސައްކަތާއިގުޅުންހުރި އެކިއެކި ކަންކަމާއިބެހޭ ޑޮކިއުމަންޓްތައް ތައްޔާރުކުރުން. (އެސް،އޭ.ޕީ އަޕްޑޭޓް ކުރުން، ސެކްޝަންގެ ބަޖެޓް އެކުލަވާލުމާބެހޭ އިދާރީ މަސައްކަތް ކުރުން އަދި އަހަރީ ރިޕޯޓް ތައްޔާރުކުރުން) 9- ޑިވެލޮޕްމަންޓް އެންވަޔަރމެންޓް އަދި މޮނިޓަރިންގ ސެކްޝަންގެ މަސައްކަތް ރާވާ، ހިންގާ އަދި މުވައްޒަފުން ސުޕަވައިޒްކޮށް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން. 10- ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ އަދި ޔޮޓު ބަނދަރު ތަރައްޤީ ކުރުމަށް ހުށަހަޅާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުތަކުގެ ސްކޯޕިންގ މީޓިންގ ތަކުގައި ބައިވެރިވާ މުވައްޒަފުން ކަނޑައަޅާ މަސައްކަތްތައް ސުޕަވައިޒުކުރުން.އަދި އީ.އައި.އޭ އަދި ތިމާވެއްޓާއި ގުޅޭގޮތުން މިނިސްޓްރީގައި ބޭއްވުމަށް ހުށަހަޅާ ސްޓެކްހޯލްޑަރ މީޓިންގތަކުގެ އިންތިޒާމުތައް ސުޕަވައިޒު ކުރުމާއި ބައްދަލުވުންތަކުގައި ބައިވެރިވުން. 11- ރާއްޖޭގެ ޓޫރިޒަމް ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކުރެވޭ ތިމާވެއްޓާއިބެހޭ ދިރާސާތަކުގައި އެއްކުރެވޭ މަޢުލޫމާތުތައް ދިރާސާކޮށް ކަމާއި ބޭހޭ ސެކްޝަންތަކަށް ލަފާދިނުން އަދި ފަތުރުވެރިކަމުގެ މަޝްރޫއުތަކާއި ފެންވަރު މަތިކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތު ފޯރުކޮށްދިނުން. 12- ފަތުރުވެރިކަމަށް ދޫކުރެވިފައިވާ އަދި ތަރައްޤީ ކުރެވިފައިވާ ރަށްރަށާއި ބިންބިމުގެ ބޮޑުމިން ބަލައި އަލުން ރަޖިސްޓްރީ ކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާ އެހީތެރިވެދިނުމާއި ހިންގުން.  | 
| 
 މަޤާމުގެ ޝަރުޠުތައް:  | 
 1- މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- މަޤާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  | 
| 
 މަޤާމުގެ ތަޢުލީމީ ރޮނގުތައް: 
 މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: 
 މަޤާމުގެ ކޯ ޑިސިޕްލިން: 
  | 
|
| 
 މަޤާމުގެ މަސައްކަތުގެ ދާއިރާތައް: 
  | 
|
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އީ- މެއިލް މެދުވެރިކޮށް [email protected] އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް:އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ.  | 
| 
 ޝޯޓްލިސްޓުކުރުން: 
  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.  | 
| 
 އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ 16 އޯގަސްޓް 2021 އާއި 15 ސެޕްޓެމްބަރ 2021 ޢާއި ދެމެދު މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. އަދި މިމުއްދަތުގެ ތެރޭގައި އިންޓަރވިއު ނުބޭއްވޭނަމަ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.  | 
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން  | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022226 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.  | 
|
26 ޛުލްޙިއްޖާ 1442
