މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް މަސައްކަތު

c

                                   

      މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ    

         ކިހާދޫ ، ދިވެހިރާއްޖެ       

Secretariat of the Southmaalhosmadulu Kihaadhoo Council

Kihaadhoo, Rep. of Maldives

                                                                      ނަންބަރު: (IUL)316/316/2021/28

 

 

އިޢުލާން

 

މި އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ.

 

މަޤާމް

ސްޕަވައިޒަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމްގެ ގިންތި

ވަގުތީ 

މަޤާމްގެ މުއްދަތު

1 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. ކިހާދޫ ކައުންސިލްގެ އިދާރާ (ކިހާދޫ އީކޯ ސެންޓްރޯ)

މުސާރަ

މަހަކު -/5000 ރުފިޔާ

އިތުރުގަޑީގެ ފައިސާ

އިތުރުވަގުތުގައި މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/30 ރުފިޔާ

އެލަވަންސް

-    ސާރވިސް އެލަވަންސް މަހަކު -/1000 ރުފިޔާ

-    ޙާޟިރީއެލަވަންސް  މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/20 ރުފިޔާ

(މީގެއިތުރުންވެސް ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން އިތުރުއެލަވަސް ހަމަޖެއްސިދާނެއެވެ)

 

މަޤާމްގެ ޝަރުތު

 1. ގްރޭޑް 10 ގެ ފެންވަރުހުރުމާއެކު އުމުރުން 18 އަހަރުފުރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން
 2. ދިވެއްސަކަށްވުން

 

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް

 1. ރަށުގެ ކުނިމެނޭޖްކުރުމުގެ މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްބަލައި މޮނީޓަރކޮށް ކައުންސިލަށް ރިޕޯޓްކުރުން
 2. ގޭގެއިން ކުނިނެގުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، ކައުންސިލަށް ރިޕޯޓްކުރުމާއި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން
 3. ކުނިމެނޭޖްކުރުމަށް ބޭނުންކުރާ ވެހިކަލް އަދި އެހެނިހެންވެސް މެޝިނަރީޒްގެ ހާލަތުބަލައި މަރާމާތުގެ މަސައްކަތް ކައުންސިލާއިގުޅިގެންކުރުމާއި ކައުންސިލަށް ރިޕޯޓްކުރުން
 4. ރަށުގައި އުފެދޭ ކުނީގެ ރެކޯޑްސް ކައުންސިލުން އަންގާގޮތެއްގެމަތިން  ބެލެހެއްޓުން
 5. ރަށް ސާފުކޮށް ބެލެހެއްޓުމަށްޓަކައި  ކައުންސިލާއި ގުޅިގެން  ހަރަކާތްތައް ރާވައި ހިންގުން
 6. ކުންޏާއިމެދު ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި ކައުންސިލަށް އެއްބާލުން ދިނުން.
 7. ކަނޑައެޅިފައިވާ އުޞޫލްގެ ދަށުން ގޭބިސީތަކުން ކުނި ނެގުން
 8. ކަނޑައެޅިފައިވާ އުޞޫލްގެ ދަށުން އިޖުތިމާޢީ ސަރަހައްދުތަކުގެ ޑަސްބިންތަކުން ކުނި ނެގުން
 9. ކިހާދޫ އީކޯ ސެންޓްރޯ ބެލެހެއްޓުން
 10. ކައުންސިލުން އަންގަވާގޮތަށް  ރަށުގައި ކުނިމެނޭޖްކުރުމުގެ އެންމެހާ ކަންކަންކުރުން

މަޤާމް

ޑްރައިވަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމްގެ ގިންތި

ވަގުތީ

މަޤާމްގެ މުއްދަތު

1 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. ކިހާދޫ ކައުންސިލްގެ އިދާރާ (ކިހާދޫ އީކޯ ސެންޓްރޯ)

މުސާރަ

މަހަކު -/4500 ރުފިޔާ

އިތުރުގަޑީގެ ފައިސާ

އިތުރުވަގުތުގައި މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/30 ރުފިޔާ

އެލަވަންސް

-    ސާރވިސް އެލަވަންސް މަހަކު -/1000 ރުފިޔާ

-    ޙާޟިރީއެލަވަންސް  މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/20 ރުފިޔާ

(މީގެއިތުރުންވެސް ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން އިތުރުއެލަވަސް ހަމަޖެއްސިދާނެއެވެ)

 

މަޤާމްގެ ޝަރުތު

 1. އަސާސީ ތަޢުލީމްގެ ފެންވަރުހުރުމާއެކު އުމުރުން 18 އަހަރުފުރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން
 2. އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން ނުވަތަ މަޤާމްގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުން
 3. ދިވެއްސަކަށްވުން

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް

 1. ރަށުގެ ކުނިމެނޭޖުކުރުމަށް ބޭނުންކުރާ ވެހިކަލް ދުއްވުމާއި ބެލެހެއްޓުން
 2. ކަނޑައެޅިފައިވާ އުޞޫލްގެ ދަށުން ގޭބިސީތަކުން ކުނި ނެގުން
 3. ކަނޑައެޅިފައިވާ އުޞޫލްގެ ދަށުން އިޖުތިމާޢީ ސަރަހައްދުތަކުގެ ޑަސްބިންތަކުން ކުނި ނެގުން
 4. ކިހާދޫ އީކޯ ސެންޓްރޯ ބެލެހެއްޓުން
 5. ކައުންސިލުން އަންގާގޮތެއްގެމަތިން ރަށުގެ  ކުނިމެނޭޖްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން

މަޤާމް

މަސައްކަތު

ބޭނުންވާ ޢަދަދު

2 (ދޭއް)

މަޤާމްގެ ގިންތި

ވަގުތީ

މަޤާމްގެ މުއްދަތު

1 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. ކިހާދޫ ކައުންސިލްގެ އިދާރާ (ކިހާދޫ އީކޯ ސެންޓްރޯ)

މުސާރަ

މަހަކު -/4000 ރުފިޔާ

އިތުރުގަޑީގެ ފައިސާ

އިތުރުވަގުތުގައި މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/30 ރުފިޔާ

އެލަވަންސް

-    ސާރވިސް އެލަވަންސް މަހަކު -/1000 ރުފިޔާ

-    ޙާޟިރީއެލަވަންސް  މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/20 ރުފިޔާ

(މީގެއިތުރުންވެސް ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން އިތުރުއެލަވަސް ހަމަޖެއްސިދާނެއެވެ)

 

މަޤާމްގެ ޝަރުތު

 1. އަސާސީ ތަޢުލީމްގެ ފެންވަރުހުރުމާއެކު އުމުރުން 18 އަހަރުފުރި، ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން (18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުމަކާއެކު މިވަޒީފާއަށް ކުރިމަތިލެވިދާނެ)
 2. ދިވެއްސަކަށްވުން

 

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް

 1. ކަނޑައެޅިފައިވާ އުޞޫލްގެ ދަށުން ގޭބިސީތަކުން ކުނި ނެގުން
 2. ކަނޑައެޅިފައިވާ އުޞޫލްގެ ދަށުން އިޖުތިމާޢީ ސަރަހައްދުތަކުގެ ޑަސްބިންތަކުން ކުނި ނެގުން
 3. ކިހާދޫ އީކޯ ސެންޓްރޯ ބެލެހެއްޓުން
 4. ކައުންސިލުން އަންގާގޮތެއްގެމަތިން ރަށުގެ ކުނިމެނޭޖްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން

ރަސްމީ މަސައްކަތު ވަގުތު

ހަފްތާއަކު 6 ދުވަހު، ދުވާލަކު 8 ގަޑިއިރު (1 ގަޑިއިރު ހުސްވަގުތު ލިބޭނެ)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންކަން

ތަޖުރިބާ

އިންޓަވިއު

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމްތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ ކިހާދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާރީހެއްގައި މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މިގޮތުން  ކަނޑައެޅޭ ތަނަކާއި ތާރީޚް މިވަޒީފާތަކަށްއެދޭ ފަރާތްތަކަށް މި އިދާރާއިން އެންގޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ވަޒީފާއަށްއެދި ހުށަހަޅާ ފޯމް
 2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 3. ވަޒީފާއަށްއެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
 4. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް 16 އޮގަސްޓް 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ބ. ކިހާދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް، ކިހާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބ. ކިހާދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 6600053 އަށް ގުޅުއްވުން އެދެމެވެ.

 

                   މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

            25  ޛުލްހިއްޖާ     1442

                  04  އޮގަސްޓް     2021

 

 

 

 

                                                            ޙުސައިން ޝާފިޢު                                              ކިހާދޫ ކައުންސިލްގެ ރައީސް

 

 

 

 

 

 

 

 

 

Secretariat of the Kihaadhoo Council, South Maalhosmadulu                                           މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ  

Tel: +960 6600053                                                                              ފޯން:  6600053 960+  ފެކުސް  6600053 960+

Email: [email protected]                                                                     [email protected]              އީމެއިލް: 

 

04 އޮގަސްޓް 2021
ހޯދާ