ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަތުރުފަނި ނައްތާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިޑިޕާޓްމަންޓުގެ ގުދަނެއްގައި ކަތުރުފަނިއަޅާފައިވާތީ، ސްޕްރޭކޮށްގެން ކަތުރުފަނި ނައްތާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ކަމާގުޅޭ މަޢުލޫމާތުޝީޓް މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސްބޯޑުގެ ކުދިމަރާމާތާއި އަދި އެހެނިހެން ޕްރޮކިއުމަންޓްގެ ބައިން ލިބިވަޑައިގަންނަވާނެއެވެ.
މިމަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2021 އޯގަސްޓް 04 ވާ ދުވަހުގެ 09:30 ގައި މިޑިޕާޓްމަންޓުގައި އޮންނާނެއެވެ.
މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 އޯގަސްޓް 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.
03 އޮގަސްޓް 2021
ހޯދާ