| 
 ވަޒީފާގެ ފުރުޞަތު 
 | 
  (IUL)147-AIT/1/2021/12  : ނަންބަރު 
 | 
| 
 ތާރީޚް: 01 އޮގަސްޓް 2021 
 | 
| 
 މަޤާމް: 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ޖީ.އެސް 3 ) 
 | 
 ބޭނުންވާ ޢަދަދު: 
 | 
 01 
 | 
| 
 މުސާރަ: 
 | 
   -/4465 ރ 
 | 
 ސާރވިސް އެލަވަންސް: 
 | 
   މަހަކު -/1500 ރުފިޔާ 
 | 
| 
 މަސައްކަތްކުރަންޖެހޭތަން: 
 | 
    ޖުވެނައިލް ކޯޓު / މާލެ  
 | 
 ސެކްޝަން: 
 | 
 އެޑްމިނިސްޓްރޭޓިވް ސެކްޝަން (AIT) 
 | 
| 
 މަޤާމުގެ އަސާސީ ޝަރުތު: 
 | 
 މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއި އެކު؛ 
1.  ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް"  ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.         ނުވަތަ؛ 
2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލު ކޮށްފައިވުން. 
 | 
| 
 އެހެނިހެން ޝަރުތު: 
 | 
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
 
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ކޯޓުގެ ފަނޑިޔާރަކާ ނުވަތަ އިސްވެރިޔަކާ ނުވަތަ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
 
 
- ގިނައިރު މަސައްކަތުގައި ވަގުތު ހޭދަކުރެވޭ، ގަވައިދުން ވަޒީފާއަށް ޙާޒިރުވެވޭފަދަ ޞިއްޙަތުރަނގަޅު ފަރާތަކަށްވުން.
 
 
 | 
| 
 މަޤާމުގެމައިގަނޑުމަސްއޫލިއްޔަތު: 
 | 
   
- އިސްޤާޒީ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުން ތަކަށް ތައްޔާރުކުރަންޖެހޭ ލިޔުންތަކާއި ފައިލް ތައްޔާރުކުރުމާއި، އެފަދަ ބައްދަލުވުންތަކާބެހޭ މަޢުލޫމާތު ފައިލްކޮށް ބެލެހެއްޓުން.
 
- ކޯޓުގެ ޤާޒީންގެ ހެލްތު އިންޝުއަރެންސާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
 
- އިސްޤާޒީ ބާއްވަވާ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ބައްދަލުވުމުގެ ޔައުމިއްޔާ ގަވައިދުން ލިޔެ ތައްޔާރުކޮށް ބެލެހެއްޓުން.
 
- އެކިއެކި މުނާސަބާތަކާއި ގުޅިގެން އިސްޤާޒީ އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ/މެސެޖް އަދި ތަހުނިޔާތައް ލިޔެ ތައްޔާރުކޮށް ފޮނުވުން.
 
- މީގެ އިތުރުންވެސް އިސްގާޒީގެ ބިއުރޯގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
 
- ކޯޓުގެ ޤާޒީންނާއި މުވައްޒަފުން ބައިވެރިވާ އެކިކަހަލަ ޖަލްސާ، ސެމިނާރ، ވޯރކްޝޮޕް އަދި ބައްދަލުވުންތަކާއިގުޅިގެން އެކިއެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތަކާއި ލިޔެކިޔުންތައް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
 
- ކޯޓުގެ މުވައްޒަފުންނަށް ދެވޭ އެކިކަހަލަ ތަމްރީނުތަކާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުން.
 
- ކޯޓުން ކުރިއަށް ގެންދާ ބައްދަލުވުންތަކާއި އިވެންޓްތަކުގެ ނިއުސް އާރޓިކަލް ތައްޔާރުކޮށް، ވެބްސައިޓުގައި ޝާއިޢުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 
- މީޑިއާއަށް މަޢުލޫމާތެއް ޙިއްސާ ކުރަންޖެހޭ ކަންކަމުގައި، ކޯޓުން ކަނޑައަޅާ އުޞޫލަކުން އެފަދަ މަޢުލޫމާތު ޙިއްސާ ކުރުން.
 
- ކޯޓުން ކުރިއަށް ގެންދާ މައްސަލަތަކާބެހޭ މަޢުލޫމާތު މީޑިއާއިން ބޭނުން ވެއްޖެ ހިނދެއްގައި، ކަމާބެހޭ ސެކްޝަނުގެ އިރުޝާދާއެކު މީޑިއާއާ ޙިއްސާކުރުން.
 
- ޕޭރޯލްގެ މަސައްކަތްކުރާ މުވައްޒަފު ޗުއްޓީގައި ހުރެއްޖެނަމަ، އެ މަސައްކަތްތައް ކުރުން.
 
  | 
| 
 މަޤާމާގުޅޭ ތަޢުލީމީ ދާއިރާތައް 
 | 
 އެޗް.އާރ/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ/އެޑްމިނިސްޓްރޭޝަން 
 | 
| 
 މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް 
 | 
 - ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން. 
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުން. 
- މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގުން. 
- މަޤާމުގެ އަސާސީ ޝަރުތުތަކުގައި ހިމެނޭ ތަޢުލީމީ ރޮނގުތަކުގެ އިތުރުން، "ސެޕް" ސިސްޓަމްއަށް އަހުލުވެރި ފަރާތަކަށްވުން. 
- ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ރިޕޯޓުތައް ޑްރާފްޓްކުރުމުގެ ޤާބިލްކަންހުރުން. 
- ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން. 
- އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ، ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ. 
 | 
| 
 އުޖޫރައާއި ޢިނާޔަތްތައް: 
 | 
   މި މަޤާމަށް ހޮވޭފަރާތްތަކަށް: 
- ސާރވިސް އެލަވަންސް: -/1500 ރުފިޔާ.
 
- ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 40 ލިބޭނެ.
 
- ލިވިން އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ ލިބޭނެ.
 
- އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން  އިތުރުގަޑީގެ ފައިސާ  ލިބޭނެ.
 
- ނައިޓް ކޯޓުގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން ނައިޓްކޯޓު އެލަވަންސް ލިބޭނެ.
 
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަންގެ ފައިސާ.
 
 
 | 
| 
 ހުށަހަޅަންޖެހޭ ތަކެތި: 
 | 
- ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.
 
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
 
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.
 
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުން.
 
-  މަޤާމަށް ކުރިމަތިލާ ފަރާތުން ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖޭން ބޭރުގެ ޔުނިވަރސިޓީއަކާގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ، އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓިފިކެޓް ހުށަހެޅުން.
 
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓް ކުރަންޖެހޭ ސެޓްފިކެޓެއް ހުށަހަޅާނަމަ، އެކްރެޑިޓްކުރި ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށައަޅާއިރު، މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ކްލެސިފިކޭޝަން އަދި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮތުން.
 
  | 
| 
 އިތުރު މަޢުލޫމާތު: 
 | 
 -   މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމް ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުއްވުމަށް އެފޯމުގައާއި މި އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން، މިކޯޓުގެ (މ. މާތިލައިގައި ހުންނަ) ކައުންޓަރަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. 
-   އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ހުންނަންވާނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި (pdf) ފޯމެޓްގައެވެ. 
-   މި ފޯމު ފުރިހަމަ ކުރަންވާނީ ނޫ/ކަޅު ކުލައިގެ ދެލިންނެވެ. 
-  ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެ ރިސެޕްޝަނުންނާއި  ވެބްސައިޓު http://www.juvenilecourt.gov.mv އިން ލިބެންހުންނާނެ. 
-   މިއީ މިކޯޓުންކުރި ނަންބަރު (IUL)147-AIT/1/2021/11  އިޢުލާން ބާޠިލްކުރުމަށްފަހު، އެ މަގާމަށް އަލުންކޮށްފައިވާ ޢިއުލާނެކެވެ. އަދި މި ކޯޓުގެ ނަމްބަރު:  11,(IUL)147-AIT/1/2021/10 އާއިގުޅިގެން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން މި އިޢުލާނާގުޅިގެން އެޕްލިކޭޝަން ހުށަހަޅާކަށް ނުޖެހޭނެއެވެ. 
އިތުރު މަޢުލޫމާތު 3332645 އަދި 3340730 ން ލިބިލައްވާނެއެވެ. 
 | 
| 
 ސުންގަޑި: 
 | 
 2021 އޮގަސްޓް 08 ވަނަ ދުވަހުގެ 12:00 
 |