ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕީ އެސް އެމް އަށް ބޭނުންވާ Microsoft Office 365 License އަދި މައިގްރޭޝަންގެ މަސައްކަތްކުރުން

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/137

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-74-21) PSM-ENG-BT /2021/21

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

          މިކުންފުންޏަށް ހޯދަން ބޭނުންވާ "Microsoft Office 365 Licenses" އަދި މިކަމާއި ގުޅިގެން ކުރަންޖެހޭ މައިގްރޭޝަންގެ މަސައްކަތް ކޮށްދެވޭނެ މައިކްރޯސޮފްޓް ޕާޓްނާސް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2021/77 ނަންބަރު އިޢުލާނުގެ މަޢުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލްކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 3 ވަނަ ފަހަރަށް ހުޅުވާލަމެވެ.

ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހު 11:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ  11:00 އަށް ޕީއެސްއެމް  ހެޑްއޮފީސް  (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. ކަނޑައެޅިފައިވާގަޑިތަކަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް މިބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

                 03 ޛުލްޙިއްޖާ 1442   

                 13 ޖުލައި 2021

 

18 ޖުލައި 2021
ހޯދާ