ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
(ޕްރޮޖެކްޓް ނަންބަރު: TES/2021/W-107)
|
ޤައުމު: |
ދިވެހިރާއްޖެ |
|
ޕްރޮޖެކްޓްގެ ނަން: |
މޯލްޑިވްސް އާރބަން ޑިވެލޮޕްމެންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް |
|
ކޮންޓްރެކްޓްގެ ސުރުޙީ: |
ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޝަން އޮފް 10MLD ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓް އިން ހުޅުމާލެ ފޭސް 1 |
|
ލޯން ނަންބަރު: |
No-6537-MV/No-D554-MV |
|
އާރު.އެފް.ޕީ ނަންބަރު: |
MV-MONPI-223416-CW-RFP |
1. ވާރލްޑް ބޭންކުގެ ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ދިވެހި ސަރުކާރަށް ލިބިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް 1ގައި ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޝަންގެ ދަށުން 10MLD ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ވަނީ ނިންމަވާފައެވެ.
2. ވީމާ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ހުޅުމާލެ ފޭސް 1ގައި ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޝަންގެ ދަށުން 10MLD ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ޑިޒައިން އަދި ބިލްޑްގެ ދަށުން ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ޤާއިމު ކުރުމުގެ މުއްދަތަކީ ކޮންޓްރެކްޓްގައި ސޮއިކުރާ ތާރީޙުން ފެށިގެން 24 މަސް ދުވަހެވެ. އަދި އޮޕަރޭޓްކުރުމުގެ މުއްދަތުގެ ގޮތުގައި 10 އަހަރުގެ މުއްދަތެއް ކަނޑައެޅިފައިވެއެވެ.
3. މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ އިންޓަރނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، "ވޯރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017، އޮގަސްޓް 2018 އަދި ނޮވެމްބަރ 2020" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ ދަށުންނެވެ.
4. މި ބީލަމުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ފައިނޭންސް ގައި ރެޖިސްޓަރ ވާން ވާނެއެވެ. އަދި -/1500ރުފިޔާ (ފަނަރަސަތޭކަރުފިޔާނުވަތަ100ޔޫ.އެސްޑޮލަރ) ގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 15 ޖުލައި 2021 އިން 13 ސެޕްޓެންބަރު 2021އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ ( https://bandeyripay.finance.gov.mv ) މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު ތިރީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދި ފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 10ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.
5. މި ޕްރޮޖެކްޓުގެ ރިކުއެސްޓް ފޯ ޕްރޮޕޯސަލް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނސްޓްރީގެ ވެބްސައިޓް www.finance.gov.mv/tendersއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
6. މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 27 އޯގަސްޓް 2021 ވަނަ ދުވަހުގެ 13:30 ކުރިން މި އިޢުލާނުގެ 10ވަނަ ނަންބަރުގައިވާ މިނިސްޓްރީ އޮފް ފައިނޭންސްގެ ނެޝަންލް ޓެންޑަރގެ އެޑްރެހުން ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
7. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 150,000.00 (އެއްލައްކަ ފަންސާސްހާސް) ޔޫ.އެސް.ޑޮލަރު ނުވަތަ 2,313,000.00 (ދެމިލިއަން ތިންސަތޭކަ ތޭރަ) ދިވެހި ރުފިޔާ ނުވަތައެ އަދަދާ އެއްވަރެއްގެ އަދަދެއް ފަސޭހައިން ކޮންވާރޓް ކުރެވޭ ކަރަންސީއަކުން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 180 ދުވަހެވެ.
8. މި ޕްރޮޖެކްޓަކީ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. އެހެންކަމުން، ރިކުއެސްޓް ފޯ ޕްރޮޕޯސަލްގައި ޓެކްނިކަލް ޕްރޮޕޯސަލްގެ ބައިތަކާއި ފައިނޭޝަލް ޕްރޮޕޯސަލްގެ ބައިތައް ހިމެނިފައި ވާނެއެވެ.
9. ބީލަން ހުޅުވުން އޮންނާނީ 16 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
10. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް،
އަމީނީމަގު، މާލެ، ބްލޮކް 379، ޕޯސްޓަލް ކޯޑް 20379
ދިވެހިރާއްޖެ،
ފޯން : (+960) 3349102, (+960) 3349106, (+960)3349147
އީމެއިލް : [email protected]
ކޮޕީ : [email protected]
11. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.
