މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ބަލަހައްޓަމުންގެންދާ 32 މިސްކިތުގައި ކުރަންހުރި މަރާމާތުތަކުގެ މަސައްކަތްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ޓެކްނިކަލް 02 ޓީމެއް ހޯދުމަށް

މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ 32 މިސްކިތުގައި ކުރަންޖެހޭ މަރާމާތުތަކުގެ މަސައްކަތްތައް 01 އަހަރު ދުވަހުގެ މުއްދަތަށް ކުރުމަށް ޓެކުނިކަލް 02 ޓީމެއް ހޯދަން ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ، ކަނޑައެޅިފައިވާ ވަގުތުގައި ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ޓެކްނިކަލް ޓީމްގައި ހިމެނެން ޖެހޭ ފަރާތްތައް.

  • 05 ލޭބަރ
  • 01 ވެލްޑަރު
  • 01 އިލެކްޓްރިޝަން
  • 01 މޭޝަން
  • 01 ޕްލަންބަރ
  • 02 ކާޕެންޓަރ

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު 08 އޮގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގައި އޮންނަ މައުލޫމާތު ސެޝަނަށް ވަޑައިގެން (ބޮޑުތަކުރުފާނު މަގު،މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި) އެފޯމް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބީލަން ރެޖިސްޓްރޭޝަން ފޯމް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 އޮގަސްޓް 2021 ވަ އާދީއްތަ ދުވަހުގެ 10:00 ގައި މިއިދާރާ (ބޮޑުތަކުރުފާނު މަގު،މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި) ގައެވެ.

 

މިއިޢުލާނާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 10 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގެ 9:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ބީލަން ރެޖިސްޓްރޭޝަން ފޯމް ދެވިފައިވާ ސުންގަޑީގެކުރިން ހުށަނާޅާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 

14 ޖުލައި 2021
ހޯދާ