މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސީޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ މާލޭ ރޯމަސްމަރުކޭޓުގެ މަސްބަހައްޓާ އަށިތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

މާލޭ ސީޓީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ މާލޭ ރޯމަސްމާރުކޭޓުގެ މަސްވިއްކަން، މަސްބަހައްޓާ އަށިތަކުގެތެރެއިން މިކައުންސިލުން ކަނޑައަޅާ 02 އަށި، މަސައްކަތްކޮށްދޭ ފަރާތަށް 01 އަހަރުދުވަހަށް ދިނުމުން، މާރުކޭޓުގައި މިހާރު ހުރި އަށިތައް މިކައުންސިލުން ދޭ މަޢުލޫމަތާއެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ، ކަނޑައެޅިފައިވާ ވަގުތުގައި ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ބީލަން ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު08  އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އޮންނަ މައުލޫމާތު ސެޝަނަށް ވަޑައިގެން (ބޮޑުތަކުރުފާނުމަގު ، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި) އެފޯމް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ، އަށިތަކުގެ މިންތައް ހިމެނޭ ޗާޓް އަދި ބީލަން ރެޖިސްޓްރޭޝަން ފޯމް އެޓޭޗްމަންޓްގައި ގެޒެޓްކުރެވިފައިވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 އޮގަސްޓް 2021 ވަ އާދީއްތަ ދުވަހުގެ 12:00 ގައި (ބޮޑުތަކުރުފާނުމަގު ، މާލޭ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާބެހޭ ބައި، ތައިސޭކޮށި) ގައެވެ.

 

މިއިޢުލާނާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 08 އޮގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 09:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ބީލަން ރެޖިސްޓްރޭޝަން ފޯމް ދެވިފައިވާ ސުންގަޑީގެކުރިން ހުށަނާޅާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 

13 ޖުލައި 2021
ހޯދާ