ރަސްގެތީމް ސްކޫލް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
2021 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކާއިބެހޭ
                                ބީލަން ހުށަހެޅުމުގެ ދަޢުވަތު
2021 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކާއިބެހޭ
- 1. ފުރާޅުން ވާރޭވެހޭ ތަންތަން މަރާމާތުކުރުން.
 - 2. ލީޑީންގ ޓީޗަރުންގެ ވޯކިން ސްޓޭޝަން ހެދުން.
 - 3. ކުލާސްރޫމްތަކުގެ އިތުރުފަންކާ އެޅުވުމާއި ހަލާކުވެފައިހުރި ފަންކާތަކާއި ލައިޓްތައް ބަދަލުކުރުން
 - 4. ގޭޓުގެ ލައިޓް ބަދަލުކުރުން (6 ލައިޓް) އަދި ނޯޓިސް ބޯޑުގެ ސުއިޗް ވޯޓަރ ޕްރޫފް ސްއިޗަކަށް ބަދަލުކުރުން
 
- 2021 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މާރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
 - · މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ޖުލައި 13 ން 2021 ޖުލައި 28 ށް ބަންދުނޫން ދުވަސްތަކުގެ 10:00 އިން 13:00 އަށް ރަސްގެތީމު ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
 - މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖުލައި 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
 - މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 29 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ރަސްގެތީމު ސްކޫލް ގައެވެ.
 - ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 01 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ރަސްގެތީމު ސްކޫލް ގައެވެ.
 - މި ބީލަމާއި ގުޅޭ ބީލަން ފޮތް ނަންނޯޓްކުރާ ފަރާތްތަކަށް ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ.
 - ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
ރަސްގެތީމު ސްކޫލް
ކޮއިމަލާ މަގު، ރަސްގެތީމު، ދިވެހިރާއްޖެ.
ފޯން: 6580361 އަދި 6580405
އީ-މެއިލް:[email protected]
             13 ޖުލައި 2021
            
        
                    ހޯދާ  
                
                