މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ވެހިކަލް މަރާމާތުކޮށް ދަވާދުލާ ޕޮލިޝްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް

 

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

            06 ވެހިކަލެއް މަރާމާތުކޮށް ދަވާދުލާ ޕޮލިޝްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިވެހިކަލްތައް ވަކިވަކިފަރާތްތަކަށް ނުވަތަ އެއްފަރާތަކަށްވެސް ހަވާލުކުރުމުގެ އިހްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު ޝީޓް މިމިނިސްޓްރީގެ ވެބްސައިޓްއިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. މިމަސައްކަތާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތުތައް މިވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ މިކަމަށް އަގު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މިމަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ 13 ޖުލައި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރަހަށް ފޮނުއްވުންއެދެމެވެ. މިކަމަށް އަގު ހުށަހަޅުއްވާނީ 15 ޖުލައި 2021 ވަނަ ދުވަހުގެ 13:00 އަށް މިމިނިސްޓްރީއަށް ހާޟިރުވެއެވެ.

އީމެއިލް:   [email protected]

ފޯން:  3327881

ވެބްސައިޓް: https://bit.ly/3m9zDGW

 

ނޯޓް: ބިޑް ހުށަހަޅަން އޮންނަ ދުވަހު، ކަނޑައެޅިފައިވާ ގަޑިއަށް މިނިސްޓްރީގެ ގޭޓް ހުޅުވާނެއެވެ.

 

 

‏‏28‏ ޛުލްޤަޢިދާ‏ 1442

‏8‏ ޖުލައި‏ 2021

08 ޖުލައި 2021
ހޯދާ