މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޕްރެޒިޑެންޝަލް ގާރޑްސްގެ ރިޔާސީ ފްލީޓްގެ މަޤާމުތަކަށް މުވައްޒަފުން ހޯދުން.

އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.

 

މަގާމު:

މެކޭނިކަލް އިންޖިނިއަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

މަހަކު 5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރާފިޔާ

ފެންވަރު ނުވަތަ ޝަރުތު:

1- މެރިން އިންޖިނިއަރިންގ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- މެރިން އިންޖިނިއަރިންގ ދާއިރާއިން އިންބޯޑް/އައުޓްބޯޑް އިންޖިނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 ރޭންކުގައި 4 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު ޑިއުޓީ ކުރުމުގެ ޤާބިލުކަން ހުރުމާއެކު މަސައްކަތް ކުރުމުގެ ފުރިހަމަ ސިއްހަތެއްގައިހުރި މީހެއް ކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

1- ރިޔާސީފްލީޓްގެ ބެލުމުގެ ދަށުގައިވާ ކަނޑުމަތީގެ އުޅަނދުތުގެ އިންޖިނިއަރެއްގެގޮތުން މަސައްކަތްކުރުން.

2- ކަނޑުމަތީގެ އުޅަނދުފަހުގެ އައުޓްބޯޑު އިންޖީނުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން

3- އުޅަނދުފަހަރުތަކުގެ ރަނިންގ ކަންޑިޝަނުގައި ދެމެހެއްޓުމަށް މަސައްކަތްކުރުން.

4- ރިޔާސީ ފްލީޓުން ހަވާލުކުރެވޭ އިންޖިނިއަރިންގެ އެހެނިހެން މަސައްކަތްތައް ކުރުން.

މަގާމު:

ވޮޗަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

މަހަކު 4,000.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,000.00 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު:

1- ލިޔަންކިޔަން އެނގުމާއެކު، މަގާމުގެ މަސައްކަތުގެ ހުނަރު/ތަޖުރިބާ ހުރުން. ނުވަތަ،

2- މަގާމާގެ މަސައްކަތުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މިދާއިރާގައި ސަޕޯޓް ސްޓާފް ގްރޭޑް 2 ގެ މަގާމުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

1- ރިޔާސީފްލީޓުގެ އިމާރާތާއި ގޯތިތެރޭގެ ސެކިއުރިޓީ ބެލެހެއްޓުން.

2- ވަންނަ މީހުންނާއި ނުކުންނަމީހުން ރަނގަޅަށް ބަލާ ފާސްކުރުން.

3- އެތެރެއަށް ވައްދާ ތަކެއްޗާއި ބޭރުކުރެވޭތަކެތި ބަލާ ފާސްކުރުން.

4- ރިޔާސީ ފްލީޓްގެ އިމާރާތާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުން.

މަގާމު

ފަޅުވެރި

ބޭނުންވާ ޢަދަދު

5 (ފަހެއް)

މުސާރަ

މަހަކު 4,465.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1,500.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

މި ވަޒީފާތަކުގައި މަސައްކަތް ކުރަންޖެހޭނީ ޢާންމުގޮތެއްގައި މާލޭގައެވެ.

އިތުރު ޢިނާޔަތްތައް

މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ ކަނޑުމަތީ އުޅަނދެއްގައި 4 އަހަރުދުވަހުގެ ޢަމަލީތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއި،
  • ޓްރާންސްޕޯޓް އޮތޯރިޓީން ފުރިހަމަކުރާ "ފަޅުވެރިންގެ ކޯސް" ފުރިހަމަކޮށްފައިވުން.
  • ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ޤާބިލުކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

  • އުޅަނދު ފަހަރުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އުޅަނދުގެ މެއިންޓަނަންސް މަސައްކަތްތަކުގައި އެހީތެރިވުމާއި، އުޅަނދުގައިވާ އިކްވިޕްމަންޓްސްތައް ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ކަނޑުމަތީގެ ދަތުރުގައި ދަތުރުކުރާ މީހުންގެ ރައްކާތެރިކަމާއި، ސަލާމަތްތެރިކަމަށް އިސްކަންދިނުން.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2021 ޖުލައި  14 ވާ ބުދަ ދުވަހު 12.00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި މިނިސްޓްރީއަށް ފޮނުއްވާ ސިޓީތައް ބަލައިގަންނާނީ އީ-މެއިލް މެދުވެރިކޮށެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

 

26 ޛުލްޤަޢިދާ 1442

06 ޖުލައި 2021
ހޯދާ