ދިވެހިރާއްޖެ
ސަޕްލައި އެންޑް އިންސްޓަލޭޝަން އޮފް ލެބޯރެޓަރީ އިކުއިޕްމެންޓް ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ސަޕްލައި އަދި ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުން.
ދިވެހި ސަރުކާރުން އިންޑިއަން ގްރާޓް އެސިސްޓެންސް ފޮރ އިންޕްލިމެންޓޭޝަން އޮފް ހައި އިންޕެޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ އެހީގައި އެންހޭސްމެންޓް އޮފް އެގްރިކަލްޗަރ ސަޕޯރޓް ސާވިސަސް އެންޑް ކޮމިއުނިޓީ ލިންކޭޖްސް ޑިވެލޮޕްމަންޓް އޮފް އެގްރިކަލްޗަރ ސެކްޓަރ ޕްރޮޖެކްޓްގެ ނަމުގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫޢަށް ބޭނުންވާ ތަކެތި ހޯދަން ކުރެވުނު ނަންބަރު (IUL)30/30/2020/111 އިއުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އަދި ލިބިފައިވާ އަންދާސީ ހިސާބު ކަނޑައެޅިފައިވާ ބަޖެޓަށްވުރެން ބޮޑުވުމުން އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމުގެ ދައުވަތު
- ދިވެހި ސަރުކާރުން އިންޑިއަން ގްރާޓް އެސިސްޓެންސް ފޮރ އިންޕްލިމެންޓޭޝަން އޮފް ހައި އިންޕެޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ އެހީގައި އެންހޭސްމެންޓް އޮފް އެގްރިކަލްޗަރ ސަޕޯރޓް ސާވިސަސް އެންޑް ކޮމިއުނިޓީ ލިންކޭޖްސް ޑިވެލޮޕްމަންޓް އޮފް އެގްރިކަލްޗަރ ސެކްޓަރ ޕްރޮޖެކްޓްގެ ނަމުގައި މަޝްރޫޢެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިމަޝްރޫޢު ހިންގުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް ތިރީގައި ދަންނަވާފައިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ޕްރޮޖެކްޓް ނަންބަރު |
ޕްރޮޖެކްޓް ނަން |
ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ (ދިވެހި ރުފިޔާއިން) |
HCIDPs/2021/G-01
|
ސަޕްލައި އެންޑް އިންސްޓަލޭޝަން އޮފް ލެބޯރެޓަރީ އިކުއިޕްމެންޓް ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ސަޕްލައި އަދި ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުން |
8,500.00 |
- މި ބީލަންތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިރާއްޖޭގެ ކުންފުނިތައް އަދި އިންޑިޔާގެ ކުންފުނިތަކަށެވެ.
- މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުން ނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގ ޑޮކިއުމަންޓްގައި ބަޔާންކުރެވިފައި ވާނެއެވެ.
- މިބީލަމުގައި ރަސްޓްރީވުމާއި ގުޅޭގޮތުގެ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
އާއިޝަތު ރައުފާ
ސީނިއަރ ޕްރޮކިއުމަންޓް އޮފިސަރ
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ފޯން: (+960) 3339231, (+960) 3339282
އީމެއިލް: [email protected] ) (
ކޮޕީ: ( [email protected])
- މި އިޢުލާނުގެ 4 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށް ދެވޭނެއެވެ. ރަޖިސްޓްރީވުމަށް ( މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަށް ހުށަހެޅިދާނެ) އީމެއިލް ކުރައްވާނީ 15 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ ( 13:00) ގެ ކުރިން، މަތީގައިވާ އިމެއިލް އެޑްރެހަށެވެ.
- ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
- ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު
- މި ޕްރޮޖެކްޓުގެ ބިޑިންގ ޑޮކިއުމެންޓް ސޮފްޓްކޮޕީ ފޯރމެޓް މި މިނިސްޓްރީގެ ވެބްސައިޑް (http://www.fishagri.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 02 އޮގަސްޓް 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މަތީގައިވާ އީމެއިލް އެޑްރެހަށެވެ.
- މިޕްރޮޖެކްޓްތަކުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ.
- ބީލަން ހުޅުވުން އޮންނާނީ 11 އޮގަސްޓް 2021 ވާ ބުދަ ދުވަހުގެ 11:00 ގައި ވެލާނާގެ، މި މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަން ވާނެއެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ.
26 ޛުލްޤައިދާ 1442
06 ޖުލައި 2021