| 
 އިޢުލާނު 
  
 | 
| 
 މަޤާމު: 
 | 
 ކުދިން ބަލަހައްޓާ    
 | 
| 
 ބޭނުންވާ އަދަދު: 
 | 
 2 (ދެއެއް) 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ވަގުތީ 
 | 
| 
 މުއްދަތު: 
 | 
 ވަޒީފާ ހަމަޖެހޭ ތާރީހުން ފެށިގެން 31 ޑިސެންބަރު 2021 ގެ ނިޔަލަށް 
 | 
| 
 މަޤާމުގެ ރޭންކު: 
 | 
 އެސް.އެސް 1 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 ސަޕޯޓް ސްޓާފް ގްރޭޑް 1 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 މ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ،  މ.މުލަކު 
 | 
| 
 އުޖޫރަ: 
 | 
 ވަޒީފާއަށް ނިކުންނަ ދުވަހަކަށް 333.33ރުފިޔާ 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިން ފެންވެރުމާއި، ނިންދެވުމާއި، މިނޫންވެސް ކުދިން ބެލެހެއްޓުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް ކުރުން.
 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިންނާއި ބޮޑެތި މީހުންނަކީ ތަފާތު ނަފްސާނީ، ޖިސްމާނީ އަދި އިޖްތިމާޢީ ގޮންޖެހުންތަކާއި އެކު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ މާޔޫސީ ހާލަތެއްގައި ގެނެވޭ ކުދިން ކަމަށްވާތީ، މިކަން އަބަދުވެސް ހަނދާންކޮށް، ކުދިންގެ ހާލަތު ދެނެގަންނަން އަދި އެހީތެރިވާ ފަރާތެއްކަމުގައިވެ، ކުދިންގެ ލާބައާއި މަންފާއަށް އަބަދުވެސް މަސައްކަތްކުރުން.
 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިން އަދި ބޮޑެތިމީހުން ޑޮކްޓަރަށް ދައްކަން ގެންދަންޖެހޭ ހާލަތްތަކުގައި މެނޭޖްމަންޓުން އަންގާ ގޮތަކަށް އަމަލުކުރުމާއި، ބޭސްދޭންޖެހޭ ހާލަތްތަކުގައި ޞިއްޙީ ޙިދުމަތްތެރިންގެ އިރުޝާދާއިއެކު ބޭސްދިނުމާއި، ކުއްޖަކު ބަލިވެއްޖެ ހިންދެއްގައި ޞިއްޙީ ޙިދުމަތްތެރިންދޭ އިރުޝާދެއްގެ މަތިން ކުދިން ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްކުރުން.
 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިން އަދި ބޮޑެތިމީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ބަލަހައްޓަން ޖެހޭ ހާލަތެއް ދިމާވެއްޖެނަމަ، މެނޭޖްމަންޓުން ހަމަޖައްސާ އުސޫލެއްގެ މަތިން ހޮސްޕިޓަލްގައި ޑިއުޓީކޮށް، އެންމެހާ ކަންކަން ބެލެހެއްޓުން.
 
- އެފް.ސީ.އެސް.ސީގައި ކުދިން އަދި ބޮޑެތިމީހުން ބަލަހައްޓަމުން ދާއިރު ކުދިންގެ ސިއްޙަތަށް ގެއްލުންވާފަދަ އެއްވެސް އެއްޗެއް އެއްވެސް ކުއްޖަކަށް ނުދިނުން.
 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިންނަށް ކާންބޯންދިނުމުގެ އެންމެހާ މަސައްކަތްކުރުން.
 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިންގެ ތެރެއިން ޙާއްޞަ މެނޫއެއްގެ ދަށުން ކާބޯތަކެތި ތައްޔާރުކޮށް ކުދިންނަށް ބޭނުންވާ ކާބޯތަކެތި ސެންޓަރުން ހަމަޖައްސާފައިވާ އުސޫލެއްގެ މަތިން ދިނުން.
 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިންގެ ތެރެއިން ސުކޫލަށްދާންޖެހޭ ކުދިން ސުކޫލަށް ގެންގޮސް ގެނައުމާއި ސުކޫލުން އަންގާ ކަންކަމުގެ ތެރެއިން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ސްކޫލުން ހޯދަންއަންގާ ތަކެއްޗާއި، ކުރަން އަންގާ ކަންކަން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން.
 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިން ބެލެހެއްޓުމުގައި ކުދިންނަށް އަދަބާ ޚިލާފު ވީޑިއޯއާއި ފޮޓޯ އަދި މިނޫންވެސް މިފަދަ އެއްވެސް މަންޒަރެއް އެކުލެވޭ އެއްވެސް އެއްޗެއް ނުދެއްކުން.
 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުއްޖަކަށް އެއްވެސް ކަހަލަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއެއް ނުވަތަ އިހުމާލެއް ނުދިނުމާއި އެފަދަ އަނިޔާއެއް ކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ ކުއްޖެއްގެ ފަރާތުން މައުލޫމާތު ލިބިއްޖެނަމަ އެކަން ވަގުތުން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން.
 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިން ބެލެހެއްޓުމުގައި ތަނުގައި ކަނޑައެޅިފައި ހުންނަ ޤަވާއިދުތަކަށް އިޚުތިރާމްކޮށް އެގޮތަށް އަމަލުކުރުން.
 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ ހުރިހާ ވަގުތެއްގައިވެސް ކުދިން ބެލެހެއްޓުމާއި އެކުދިން އުޅޭ ސަރަޙައްދު ސާފުތާޙިރުކޮށް ބެލެހެއްޓުން.
 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިން ބެލެހެއްޓުމުގެ މަސައްކަތްކުރުމުގެ ތެރޭގައި މުޢާމަލާތް ކުރަންޖެހޭ ފަރާތްތަކާއި އަދަބުވެރިކަމާއި، މަޑުމައިތިރިކާމާއެކު މުޢާމަލާތް ކުރުމާއި، މުޢާމަލާތް ކުރުމުގައި އަދަބާ ޙިލާފު ބަސްތަކާއި، އަޚްލާޤީ މިންގަނޑާ މުޢާމަލާތްކުރުމާއި ހަރުކަށި އަދި ދަށުދަރަޖައިގެ ބަސްތައް ބޭނުންނުކުރުން.
 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިން ބެލެއްޓުމުގެ މަސައްކަތުގައި، އަމާންހިޔާގެ އެތެރޭގައި އަދި ބޭރުގައި އުޅެންޖެހޭ ހާލަތްތަކުގައިވެސް، މުޢާމަލާތުކުރުމުގައި މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑެއްގައި އަޙްލާޤީ މިންގަނޑު ބެހެއްޓުން.
 
- އެފް.ސީ.އެސް.ސީގައި ބަލަހައްޓާ ކުދިންގެ އަމަލުތަކަކީ ބައެއްފަހަރު އެންމެ އެކަށޭނަ އަމަލުތައް ކަމުގައި ނުވި ނަމަވެސް މިފަދަ ހާލަތްތަކުގައި ކެތްތެރިކަމާއިއެކު ކުދިންނާ މުއާމަލާތުކޮށް އެކުދިންގެ ހާލަތު ދެނެގަންނަން މަސައްކަތްކުރުން.
 
- މަސައްކަތްކުރާ ދާއިރާއާއި ގުޅުންހުރި މިންގަނޑުތަކާއި އެއްގޮތަށް މަސައްކަތްކުރުން އަދި ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، ރައްކާތެރި އަދި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރުން.
 
- މުވައްޒަފުންގެ އަމިއްލަ ކަންކަން ކުދިންނާއި އެއްވެސް ވަރަކަށް ހިއްސާ ނުކުރުން އަދި ޑިއުޓީ ގަޑީގައި މުވައްޒަފުންގެ އަމިއްލަ ފޯނު، ކުއްލި ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި މެނުވީ ބޭނުން ނުކުރުން.
 
- އޮފީހުގެ އެތެރެއާއި ބޭރު ކުނިކަހާ ފޮޅާސާފުކޮށް ބެލެހެއްޓުމާއި ފާޚާނާ ސާފުކޮށް ބެލެހެއްޓުން.
 
- ސެންޓަރުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ބެހުން.
 
- މަސައްކަތުގެ ދާއިރާގައި ހިމެނޭ ގޮތަށް އޮފީހުން ޙަވާލުކުރެވޭ އެންމެހާ ރަސްމީ މަސައްކަތް ކުރުން.
 
- ސިވިލް ސާރވިސް އަދި މިނިސްޓްރީއ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓަށް އަމަލުކުރުން.
 
 
 | 
| 
 މަޤާމުގެ ޝަރުޠުތައް: 
 | 
 މަޤާމަށް ކަނޑައަޅާފައިވާ ޝަރުތު: 
ލިޔަންކިޔަން އެނގުން. 
 | 
| 
   
 | 
 މަޤާމުގެ ތަޢުލީމީ ރޮނގު: 
ނެތް 
 | 
| 
   
 | 
 މަޤާމުގެ މަސައްކަތުގެ ދާއިރާތައް: 
ޗައިލްޑްކެއަރ ސަރވިސަސް 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  
 | 
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
6.މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 
 
(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) 
(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
 
 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖުލައި 2021 ގެ 12:00ގެ ކުރިން، މ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އަށް ހުށަހެޅުން އެދެމެވެ. 
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
  
 | 
| 
 ޝޯޓްލިސްޓުކުރުން: 
  
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. 
  
 | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (12 ޖުލައި 2021 އާއި 15 ޖުލައި  2021) އާ ދެމެދު، (މ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ) ގައެވެ. 
 | 
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން 
 | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. 
 | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027623 ނުވަތަ 3027525 އަށެވެ. އީ-މެއިލް ކުރާނީ 
 (careers @gender.gov.mv) އަށެވެ. 
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. 
 |