މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޯ ބޭނުންކުރުމާއި ގުޅޭ

އިޢުލާން

2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރު ކަމަށްވާތީ އެއަހަރު ފާހަގަކުރުމުގެ ގޮތުން ބޭނުންކުރުމަށް ކަނޑައަޅައި ފަރުމާކޮށްފައިވާ ފަތުރުވެރިކަމުގެ ރަންއަހަރުގެ ރަސްމީ ލޯގޯ މިއަހަރުގެ މާރޗްމަހު ވަނީ އިފްތިތާޙް ކުރެވިފައެވެ.

މި ލޯގޯ ފުޅާދާއިރާއެއްގައި ބޭނުންކުރުމަކީ މިމިނިސްޓްރީ އިން މަރުހަބާ ކިޔާކަމެކެވެ. މިގޮތުން، ލޯގޯ ފަތުރުވެރިކަމުގެ އެކިއެކިކަންކަމުގައި އާއި ރާއްޖެ ޕްރޮމޯޓް ކުރުމަށް ހިލޭ ބެހުމަށް ތައްޔާރުކުރެވޭ ތަކެތީގައި ބޭނުންކުރުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ނަމަވެސް ލޯގޯ ބޭނުންކުރަންވާނީ، މިކަމަށްޓަކައި މިމިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން، ލޯގޯ ބޭނުންކުރުމުގެ ގައިޑްލައިނާއި، މިންގަޑުތަކާއި އެއްގޮތަށް ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ލޯގޯ ބޭނުންކުރުމަށް ރަޖަސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ލޯގޯ ބޭނުންކުމަށް ރަޖިސްޓަރީ ކުރުމަށް އެދިލައްވާނެ އެޕްލިކޭޝަން ފޯމް، "ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޯބޭނުންކުރުމަށް ރަޖިސްޓްރީކުރުމަށް އެދޭ ފޯމު" އަދި ލޯގޯ ބޭނުންކުރުމުގެ ގައިޑްލައިން މިމިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ ކަމުގައި ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މިލޯގޯ ވިޔަފާރި އުސޫލުން ބޭނުންކުރެވޭނީ މިކަމަށްޓަކައި މިމިނިސްޓްރީއިން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުންކަމުގައިވެސް ދެންނެވީމެވެ.

 

23 ޛުލްޤައިދާ 1442

 

03 ޖުލައި 2021
ހޯދާ