ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ލ.މުންޑޫ މެޖިސްޓްރޭޓް ކޯޓު)

 

        

އިޢުލާނު

ވަޒީފާގެ ފުރުޞަތު

ހައްދުންމަތީ މުންޑޫ މެޖިސްޓްރޭޓް ކޯޓަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

 

ނަންބަރު: O4C-A/2021/2

 

 

ތާރީޙް:  30 ޖޫން 2021

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ) 

ރޭންކް:  ޖީ.އެސް 3

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަސައްކަތް ކުރަންޖެހޭތަން:

ހައްދުންމަތީ މުންޑޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

   -/4465 ރުފިޔާ

މިޤާމަށް ލިބޭ އެލަވަންސް:

  • ޖުޑީޝަލް އެލަވަންސް: -/893 ރުފިޔާ ( އަސާސީ މުސާރައިގެ %20)
  • ސަރވިސް އެލަވަންސް:  -/1500 ރުފިޔާ
  • ލިވިންގ އެލަވަންސް:  -/2550 ރުފިޔާ
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

  

ފެންވަރު ނުވަތަ ޝަރުތު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ

  1. މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން
  • މިމަޤާމަށް މީހަކު ހޮވުމުގައި އައިޓީގެ ރޮނގުން ތަޖުރިބާ ލިބިފައިވާ، މަސައްކަތާއިގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

އެހެނިހެން ޝަރުތު:

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި ވަޒީފާއިން މުސްކުޅިކުރުމުގެ އިޙްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހެއްކަމުގައިނުވުން

 

  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވައިދު 2011ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ލ.މުންޑޫ މެޖިސްޓްރޭޓްކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޝަރީޢަތް ހިންގުމަށާއި ކޯޓްގެ އެހެން ބޭނުންތަކަށް ޙާޟިރު ކުރަންޖެހޭ ފަރާތްތައް ޙާޟިރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން
  • ކޯޓުން ނެރެންޖެހޭ އެންމެހާ އަމުރުތައް ތައްޔާރުކޮށް، ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން
  • ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތުތަކުގައްޔާއި އެނޫން ވަގުތުތަކުގައިވެސް މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ހަވާލުކުރާ މަސައްކަތްތައްކުރުން
  • ޝަރީޢަތާއި ގުޅޭ އެންމެހާ އިދާރީ މަސައްކަތްކުރުން
  • ފައިސާއާއި ބެހޭ އަދި އެހެނިހެން އިދާރީ މަސައްކަތްކުރުން
  • ޝަރީޢަތްތަކުގައި ނެގޭ ބަޔާންތައް ޓައިޕްކޮށް، އެބަޔާންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތައް ލައްވައި ސޮއިކުރުވާ އިނގިލީގެ ނިޝާން ޖެއްސުވުން
  • ނިމޭ ޤަޟިއްޔާތަކުގެ ޤަޟިއްޔާ ނިމުނުގޮތުގެ ޚްލާސާ ރިޕޯޓާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޓައިޕްކޮށް ތައްޔާރުކުރުން
  • ކޯޓުން ބާއްވަން ކަނޑައަޅާ މައްސަލަތަކާބެހޭ މަޢުލޫމާތު ހަފްތާ ޝީޓަށް ނަގައި އެމަޢުލޫމާތު އާއްމުކުރުމަށްޓަކާ ކޯޓްގެ ނޯޓިސްބޯޑުގައި ހަރުކުރުން
  • ކޯޓްގެ ތަފާސްހިސާބާއި އެހެނިހެން ރިޕޯޓްތަކަށް ކޯޓުން ފޮނުވަންޖެހޭ މަޢުލޫމާތު ތައްޔާރުކޮށް ކޯޓްގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
  • ޝަރީޢަތުގެ މަޖިލީހުގައި ނެގޭ ބަޔާންތަކާއި މައްސަލައާ ގުޅިގެން ކޯޓަށްލިބޭ ލިޔެކިޔުންތައް މެޖިސްޓްރޭޓްގެ އިރުޝާދުގެ ދަށުން ފައިލްކޮށް ބެލެހެއްޓުން
  • އަދި މީގެ އިތުރުން މެޖިސްޓްރޭޓް އަދި ކޯޓު ހިމެނޭ އިދާރީ އިސް ވެރިން ހަވާލުކުރާ ކޯޓްގެ ރަސްމީ މަސައްކަތްތައްކުރުން

 

ތަޢުލީމީ ރޮނގު

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ޝަރުޢީދާއިރާގެ ވަޒީފާއަށްއެދި ހުށަހަޅާ ފޯމް ( ވަޒީފާއަށްއެދި ހުށަހަޅާ ފޯމް، މިކޯޓުން ލިބެން ހުންނާނެ އަދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމުގެ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު ( އަސްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  • ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތެއްނަމަ، އެކަން ދަލީލުކުރާ ރަސްމީ ލިޔުމެއް (އަދާކުރި ވަޒީފާ، ހޭދަވި މުއްދަތު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން އަދި ވަޒީފާގެ މަސްއޫލިއްޔަތު  މިލިޔުމުގައި އެނގެން އޮންނަންވާނެއެވެ.)
  • އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ  ކޮޕީ

 

ސުންގަޑި:

11 ޖުލައި 2021 ވާ އާދިއްތަ ދުވަހުގެ 14:00 ކުރިން ލ.މުންޑޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ލ.ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

 

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމު

30%

ތަޖުރިބާ

15%

އިންޓަރވިއު

40%

މަސައްކަތަށް ބޭނުންވާ ހުނަރު

15%

 

 

އިތުރު މަޢުލޫމާތު:

  • އިންޓަރވިއުއަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • މަޤާމަށް މީހަކު ހޮވުމުގައި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
  • އިތުރު މައުލޫމާތު 6800094/6800623 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

 

                    

 

 

                                                  

                          

 

 

 

30 ޖޫން 2021
ހޯދާ