މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
5 ވަނަ ޓޫރިޒަމް މާސްޓަރޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓުން ހޯދުމާއި ގުޅޭ

އިޢުލާން

 

5 ވަނަ ޓޫރިޒަމް މާސްޓަރޕްލޭންއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި 5 އަހަރު ދުވަހުގެ މުއްދަތަށް މިމިނިސްޓްރީއިން އެކުލަވާލާ ސްޓްރެޓެޖިކް ޕްލޭނެކެވެ. އަދި މި މާސްޓަރޕްލޭން އެކުލަވާލުމުގެ މަސައްކަތަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

 

އެގޮތުން، މި މަސައްކަތަށް ކޮންސަލްޓަންޓުން ހޯދައި، ޢައްޔަންކުރުމުގެ އެންމެހާ މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީވެސް އޭ.ޑީ.ބީގެ ފަރާތުންނެވެ. އަދި މަސައްކަތަށް ޖުމްލަ 10 ކޮންސަލްޓަންޓުން އައްޔަންކުރުމަށް ހަމަޖެހިފައިވާއިރު، މީގެތެރެއިން 09 ކޮންސަލްޓަންޓުން ޢައްޔަންކުރުމަށް ހަމަޖެހިފައިވަނީ ލޯކަލް ކޮންސަލްޓެންސީގެ އުސޫލުންނެވެ. އަދި ލީޑް ކޮންސަލްޓަންޓް ޢައްޔަންކުރެވިގެންދާނީ އިންޓަރނޭޝަނަލް ކޮންސަލްޓެންސީ ގެ އުސޫލުންނެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާ އޭ.ޑީ.ބީގެ ލިންކްތައް މެދުވެރިކޮށް 06 ޖުލައި 2021 ވާ އަންގާރަ ދުވަހުގެ ކުރިން، އެ ލިންކްގައި ބަޔާންކުރައްވާފައިވާގޮތަށް އެކްސްޕްރެޝަން އޮފް އިންޓެރެސްޓް (އީ.އޯ.އައި) ހުށަހެޅުއްވުން އެދެމެވެ.

 

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ  05 ޖުލައި 2021 ވާ ހޯމަ ދުވަހުގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

#

ކޮންސަލްޓަންޓް

އެޕްލިކޭޝަން ލިންކް

01

އެންވަޔަރަންމަންޓަލް ކޮންސަލްޓަންޓް

https://selfservice.adb.org/OA_HTML/adb/xxcrs/jsp/ADBCsrnFwd.jsp?sel=170521

02

ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް

https://selfservice.adb.org/OA_HTML/adb/xxcrs/jsp/ADBCsrnFwd.jsp?sel=170527

 

03

ސޯޝިއޯ-ކަލްޗަރަލް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް

https://selfservice.adb.org/OA_HTML/adb/xxcrs/jsp/ADBCsrnFwd.jsp?sel=170529

04

ޓޫރިޒަމް މާރކެޓިންގ، ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން ކޮންސަލްޓަންޓް

https://selfservice.adb.org/OA_HTML/adb/xxcrs/jsp/ADBCsrnFwd.jsp?sel=170530

05

މެރިން އެންޑް ލިވްއެބޯރޑްސް ކޮންސަލްޓަންޓް

https://selfservice.adb.org/OA_HTML/adb/xxcrs/jsp/ADBCsrnFwd.jsp?sel=170538

06

ޓޫރިޒަމް ސްޓްރެޓަޖީ ސްޕެޝަލިސްޓް (ލީޑް ކޮންސަލްޓަންޓް)

https://selfservice.adb.org/OA_HTML/adb/xxcrs/jsp/ADBCsrnFwd.jsp?sel=170555

07

ލީގަލް ކޮންސަލްޓަންޓް

https://selfservice.adb.org/OA_HTML/adb/xxcrs/jsp/ADBCsrnFwd.jsp?sel=170556

08

ޓޫރިޒަމް ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް އިކޮނޮމިކް ޕްލޭނިންގް ކޮންސަލްޓަންޓް

https://selfservice.adb.org/OA_HTML/adb/xxcrs/jsp/ADBCsrnFwd.jsp?sel=170557

09

ޓޫރިޒަމް ޕޮލިސީ ކޮންސަލްޓަންޓް

https://selfservice.adb.org/OA_HTML/adb/xxcrs/jsp/ADBCsrnFwd.jsp?sel=170559

10

ޓޫރިޒަމް ސެކިއުރިޓީ ކޮންސަލްޓަންޓް

https://selfservice.adb.org/OA_HTML/adb/xxcrs/jsp/ADBCsrnFwd.jsp?sel=170562

 

30 ޖޫން 2021
ހޯދާ