ދިވެހިރާއްޖެ
މި ރަށު [ލީރާ] އެވެ ކިޔާ ގޯއްޗާ އިންވެގެން، އެ ގޯތީގެ އުތުރުން އޮތް ސަރަޙައްދުން 2000 (ދެ ހާސް) އަކަފޫޓުގެ ބިމެއް 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް، ވޯކްޝޮޕެއް ހިންގުމަށް ކުއްޔަށް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކުލީގެ ގޮތުގައި ހުށަހެޅުއްވޭނޭ އެންމެ ކުޑަ އަގަކީ މަހަކު، އަކަފޫޓަކަށް 50/-ރ. (ފަންސަވަންނަ ލާރި) އެވެ.
ބިން ކުއްޔަށް ހިފާން ބޭނުންވާ ފަރާތްތަކުން މި ކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު ހުށަހެޅުން އެދެމެވެ.
| 
 ފޯމު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:  | 
 ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް  | 
| 
 ފޯމު ހުށަހެޅުމުގެ ބައްދަލުވުން:  | 
 8 ޖުލައި 2021 (ބުރާސްފަތި) މެންދުރު ފަހު 1:00 މި އިދާރާ ގައި  | 
ބިމަށް އެދި އެންމެ ބޮޑު ކުލި، އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ހުށަހަޅައިފައިވާ ނަމަ ބިން ދޫކުރާނީ، އެންމެ ބޮޑު ކުލި ހުށަހެޅި ފަރާތްތަކުގެ މެދު ގައި ގުރުއަތުލައިގެންނެވެ. ބިމަށް އެދި އެންމެ ފަރާތަކުން ހުށަހަޅައިފައިވާ ނަމަ އެ ފަރާތަކަށް ބިން ދޫކުރެވޭނެއެވެ.
20 ޛުލްޤަޢިދާ 1442ހ.
30 ޖޫން 2021މ.
| 
 
  | 
| 
 ޢަލީ ޝަމީމް މުޙައްމަދު ކައުންސިލްގެ ރައީސް  | 
އިޢުލާނު ނަންބަރު (I)288/2021/049 އާ ގުޅިގެން ކުއްޔަށް ދިނުމަށް ކަނޑައަޅައިފައިވާ ސަރަޙައްދު
