ދިވެހިރާއްޖެ
ހުޅުމާލެގައި ސިވިލްކޯޓުގެ ޑިވިޝަން ހިނގަމުންދާ އިމާރާތުގެ ކުރަންހުރި މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:
ހުޅުމާލެގައި ސިވިލްކޯޓުގެ ޑިވިޝަން ހިނގަމުންދާ އިމާރާތުގެ ކުރަންހުރި މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިޑިޕާޓްމަންޓްގެ ނަންބަރު 198-F/2021/74 (31 މާރޗް 2021) އިޢުލާނާއި ގުޅިގެން އެސްޓިމޭޓް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާނު ބާޠިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިއުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ކުންފުނީގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު މި ޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 2021 ޖުލައި 6 ވަނަ ދުވަހުގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. މަސައްކަތާ ގުޅޭގޮތުން އިތުރުމައުލޫމާތު ބޭނުންވާ ފަރާތްތަކަށް، މަޢުލޫމާތުދިނުމުގެ ސެޝަން އޮންނާނެ ތާރީޙާއި ގަޑި ހިއްސާކުރެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ޖުލައި 6 ވަނަ ދުވަހުގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށްފަހު، 2021 ޖުލައި 15 ވަނަ ދުވަހުގެ 13:00އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޛުލްގައިދާ 1442
29 ޖޫން 2021