ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއިގުޅޭ

އިޢުލާން 

ޤަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއިގުޅޭ

             މިރަށުގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެމުންދާކަން މިކައުންސިލަށްވަނީ ފާހަގަ ކުރެވިފައެވެ. އަދި މިކަމަކީ މަނާ ކުރެވިފައިވާ ކަމަކަށްވާތީވެ 14 ޖޫން 2021 ން ފެށިގެން 02 މަސްދުވަހުގެ މުއްދަތުތެރޭ (14 އޯގަސްޓް 2021 ވަނަ ދުވަހުގެ ކުރިން) ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން އެބިދޭސީންނާއިގުޅޭ އެންމެހާ ލިޔެކިޔުންތައް ހަމަކުރުމަށް ދަންނަވަމެވެ.

             އަދި 14 އޯގަސްޓް 2021 ވަނަ ދުވަހުގެ ފަހުން މިރަށަށް ބިދޭސީން ގެނައުމަށް ހަމަޖެހިފައިވަނީ ފުރިހަމަ ކުރަންޖެހޭ ހުރިހާ ލިޔެކިޔުންތައް ފުރިހަމަކޮށް ބިދޭސީން ގެނައުމަށްއެދި ކައުންސިލުން ދޫކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުމުންނެވެ.

14 ޖޫން 2021
ހޯދާ