ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެލާ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބައެއް ރުއްގަސް ނަގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ކެލާ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބައެއް ރުއްގަސް ނަގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

           ކެލާ ކައުންސިލުން އަލަށް ހެދިފައިވާ ކުނި ކޮށްޓާއި އިންވެގެންވާ ބިމުގައި ހުރި ( ފޯދުނު 39 ރުއް، ނުފޯދޭ 4 ރުއް އަދި 2 ގަސް ފުނަ އާއި 2 ގަސް މިދިލި ) އަދި އަމީނީ މަގަށް ވެއްޓިފައިވާ ނިކަގަހާއި އަމީނީ މަގާއި ރަތްވިލާމަގާއި ގުޅޭ ކަންމަތީގައިވާ ނިކަގަސް ވިއްކާލުމަށް މި އިދާރައިން ބޭނުންވެއެވެ. އަދި ރުއްގަސް ގަންނަ ފަރާތުން މި ތަކެތި ބުޑާއިއެކު ނަގައި ބިންސާފުކުރުމަށްފަހު ކައުންސިލަށް ދައްކަންވާނެއެވެ. އަދި ބިންސާފުކުރުމުގައި އުފެދޭކުނި އުކާލުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ކަނޑައަޅާގޮތެއްގެމަތިން ކައުންސިލުން ހަމަޖައްސާ ތަނަކަށެވެ.

           އަދި ރުއްގަސް ގަންނަފަރާތުން މިތަކެތި ރަށުން ބޭރުކުރުމަށް ބޭނުންފުޅުވާނަމަ އެކަމާއި ގުޅިގެން ނަގަންޖެހޭ އެންމެހާ ހުއްދަތަށް ނެގުމަކީ ރުއްގަސް ގަންނަ ފަރާތުން ކުރަންޖެހޭ ކަމެކެވެ.  ނަމަވެސް ހުއްދަތަށް ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ކުރުމުގައި މިކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގައި ދަންނަވެމެވެ.

ޕޮއިންޓް ދެވޭނެ އުސޫލް ތިރީގައިމިވަނީ.

ހުށައަޅާ އަގު

70%

 މުއްދަތު

30%

           ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ރަޖިސްޓުރީ ކުރެއްވުމަށްފަހު 13 ޖޫން 2021 ވާ އާދީއްތަ ދުވަހު 13:00  މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.ރަޖިސްޓުރީވުމާއި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

           މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖޫން2021 އިން 10ޖޫން 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިއިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަގު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

03 ޖޫން 2021
ހޯދާ