ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު:  03/2120/(IUL)P1C

ތާރީޚް:  03 ޖޫން 2021 

މަޤާމް:  އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:  GS 3

ބޭނުންވާ އަދަދު:   01

ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ ތަން:  ގއ. ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓު

ސެކްޝަން: -

އަސާސީ މުސާރަ: -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް:

 

-          ސާރވިސް އެލަވަންސް:  -/1500 (ފަނަރަސަތޭކަ ރުފިޔާ)

-          ލިވިންގ އެލަވަންސް:  -/2550 (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)

-          ޖުޑީޝަލް އެލަވަންސް:  އަސާސީ މުސާރައިގެ %25

-          މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

-          ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

 

އަސާސީ ޝަރުތު:

 

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.  

 

އެހެނިހެން ޝަރުޠު:

-          ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

-          ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

 

-          ކޯޓަށް ހުށަހެޅޭ އެންމެހައި ލިޔެކިޔުންތައް ބަލައިގަނެ އެންޓްރީކޮށް، ޖަވާބުދިނުން.

-          ކޯޓުގެ ސްޓޮކާއި، އިންވެންޓްރީ ބެލެހެއްޓުން

-          މުވައްޒަފުންގެ ޗުއްޓީއާއި ސަލާމް ބެލެހެއްޓުމާއި، މުވައްޒަފުންގެ ރެކޯޑްސް ބެލެހެއްޓުން

-          ވަރި ކައިވެނީގެ މަސައްކަތް ކުރުން

-          ކޯޓުގެތަފާސް ހިސާބު ރިޕޯރޓް ހަދާ ބެލެހެއްޓުން

-          ކޯޓްގެ ފައިސާއި ގުޅޭ އެންމެހާ މަސައްކަތް ކުރުމާއި، އެމަސައްކަތާއި ގުޅޭ އެންމެހާ ލިއުންތައް ބެލެހެއްޓުން

-          ދުވަހުގެ ޔައުމިއްޔާ ލިއުމާއި، ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތާއި، ވޮޗަރުންގެ ޑިއުޓީ ތާވަލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން

-          އަދި މިނޫނަސް ކޯޓްގެ އިދާރީ އެންމެހާ މަސައްކަތް ކުރުމާއި، ކޯޓުގެ ވެރިއަކު އަންގާ ރަސްމީ އެންމެހާ މަސައްކަތް ކުރުމާއި ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  5. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)
  6. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

ސުންގަޑި:

17 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގއ.ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތައުލީމް: %30
  • މަސައްކަތުގެ ތަޖުރިބާ:
  • އިންޓަރވިއު: %50
  • މަސައްކަތަށް ބޭނުންވާ ހުނަރަށް:

ތަޢުލީމީ ދާއިރާ

އެޑްމިނިސްޓްރޭޝަން / ޤާނޫނީ ދާއިރާ

މަސައްކަތާ ގުޅޭ ތަޢުލީމީ ސެޓްފިކެޓް

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

-          މެނޭޖްމަންޓް

-          ޝަރީޢާ/ ޤާނޫން

އިތުރު މަޢުލޫމާތު

 

-          މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

-          މަޢުލޫމާތު ސާފްކުރުމަށް ގުޅޭނެ ނަންބަރަކީ 6820772

-          ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

-          ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިހާނެއްވެސް ދެވޭނެއެވެ.

-          އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

 

-          ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.

-          ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.

-          ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތެއްކަމުގައިވުން.

-          އިގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން.

-          ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.

-          މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފެކޭޖް ފަރިތަކަމާއެކު އެޑްވާސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.

-          ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި، ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން.

-          ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

 

03 ޖޫން 2021
ހޯދާ