މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ބޭއްވުން

                   އިޢުލާން

 މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ޚާއްޞަ ތަމްރީނުތަކެއް 2021 ޖޫން 01 އިން 03 އަށް އަދި 2021 ޖޫން 05 ވަނަ ދުވަހުގެ 08:00 އިން 17:00 އަށް ޅ. ކަނުހުރާގެ އިރުމަތިން 05 ނޯޓިކަލް މޭލު ބޭރުގައިކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

 ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް

 1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް؛             މެޝިން ގަން

 2. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން:       5000 މީޓަރ

 3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:      100 މީޓަރ

 4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:      ސީ-ލެވެލް

 5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:        ޅ. ކަނުހުރާގެ އިރުއުތުރުން 05 މޭލު ބޭރުގައި     

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
31 މޭ 2021
ހޯދާ