ދިވެހިރާއްޖެ
އިޢުލާން
ކޮވިޑް-19 އާއި ގުޅިގެން ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި މަސައްކަތްކުރައްވާ ފްރަންޓްލައިން ވޯރކާސްގެ އެކަމަޑޭޝަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 23 މޭ 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 31 މޭ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected]އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2 ޖޫން 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 31 މޭ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
09 ޝައްވާލު 1442