|
މަޤާމު
|
ޑްރައިވަރ
|
|
ބޭނުންވާ ޢަދަދު
|
2 ( ދޭއް )
|
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ކޯލްޑްސްޓޯރ/ ފިޝް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް
|
|
ޖުމްލަ މުސާރަ:
|
5280.00 ރުފިޔާ
|
|
އިތުރު ޢިނާޔަތްތައް:
|
- އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިއާ، ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ. އަދި ހުރުމާއި، ކެއުމުގެ އިންތިޒާމުވެސް ހަމަޖައްސައި ދެވޭނެއެވެ.
|
|
ޝަރުޠު:
|
- C2, C1 ކެޓަގަރީގެ ޑްރައިވިން ލައިސަންސް އޮތުމާއެކު ފޯކްލިފްޓު ދުއްވަން އެގުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
- ދިވެހި، އިނގިރޭސި ބަހުން ލިޔަންކިޔަން އެގުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ބުރައިނުން ނަގާ މަސް ސޯޓްކޮށް ކޮންޓެއިނާއަށް އެޅުމުން ފޯކްލިފްޓުން ކޮންޓެއިނާ ނަގާ ދުރައް ޖެއްސުމާއި، އަދި ކޮންޓެއިނާ ނަގައިގެން ތަރުތީބުން ކޯލްޑްސްޓޯރުތެރޭގައި ބެހެއްޓުން.
- ކޯލްޑްސްޓޯރުން ކޮންޓެއިނާ ބޭރުކޮށް އަދި ކޮންޓެއިނާ ކިރާ ޓްރޯލީ ނުވަތަ ޕިކަޕްޓްރަކުގައި ބެހެއްޓުމާއ، ހުސްކޮންޓެއިނާ ނެގުން.
- މަސައްކަތުގައި ބޭނުންކުރެވޭ ވެހިކަލް ތަކުގައި ތެޔޮހުރިތޯ އާއި ކޮންޑިޝަން ރަގަޅުތޯ ކޮންމެ ދުވަހަކުވެސް މަސައްކަތް ފެއްޓުމުގެ ކުރިން ބަލާ ޗެކްކުރުން.
- ދޯނިފަހަރާއި ބޯޓްފަހަރަށް އައިސް ގެނެސްދިނުން.
- ސޯޓިން އޭރިއާ، ކޯލްޑް ސްޓޯރު އަދި ބްރައިންޓޭންކުގެ ރިޕެއަރ މަސައްކަތް ކުރުން.
- ބްރައިން ޓޭންކާއި ކޯލްޑް ސްޓޯރު ކޮންޓެއިނާތަށް ރަގަޅަށް ސާފްކޮށް ބެލެހެއްޓުން
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
|
|
އިންޓަރވިއުކުރުން:
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).
|
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
|
- އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
- އީމެއިލް ކުރައްވާނީ [email protected] އަށެވެ.
- ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 23 މެއި 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އެވެ.
- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
|
| |