ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

މަޤާމް: މެނޭޖަރ / މާކެޓް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

 

ބޭނުންވާ ޢަދަދު : 01 (އެކެއް)

މުސާރަ/ މަހަކު :  -/20,000,-ރުފިޔާ  އާއި -/21,500 ރުފިޔާ އާ ދެމެދު (މުސާރައާއި އެލަވަންސާއެކު)

 

ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 

އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 100/- ރުފިޔާ، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު ލިބޭނެއެވެ.

 

 

މަޤާމުގެ ޝަރުޠު:

-        އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓަރ ޑިގްރީ ޙާސިލުކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ޙާސިލުކޮށްފައިވުމާއެކު، ކެޕިޓަލް މާރކެޓް ރެގިއުލޭޓަރީ އޮތޯރިޓީ، ނުވަތަ ސްޓޮކް އެކްސްޗޭންޖް ނުވަތަ ރާއްޖޭގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ:

 

-        އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބޭންކިންގ، ޤާނޫނީ ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗްލަރ ޑިގްރީ ޙާސިލުކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ޙާސިލުކޮށްފައިވުމާއެކު، ކެޕިޓަލް މާރކެޓް ރެގިއުލޭޓަރީ އޮތޯރިޓީ، ނުވަތަ ސްޓޮކް އެކްސްޗޭންޖް ނުވަތަ ރާއްޖޭގައި މިބާވަތުގެ މަސައްކަތްކުރާ ތަނެއްގައި 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

-        މާކެޓް ޑިވެލޮޕްމަންޓާއި ރެގިއުލޭޓަރީ މަސއްކަތްތަކާގުޅޭ ރިސަރޗް މަސައްކަތް ކުރުން

-        ޑިރެކްޓަރުންގެ ބޯޑާއި ސްޓޭކް ހޯލްޑަރުންނަށް ހުށަހެޅުމަށް ތައްޔާރުކުރާ މާކެޓް ޑިވެލޮޕްމަންޓާ ގުޅޭ ކޮންސެޕްޓްތައް ތައްޔާރުކުރުމުގައި އެހީތެރިވުން

-        ސްޓްރެޓީޖިކް ޕްލޭން އިމްޕްލިމެންޓްކުރުމަށް ކުރެވޭ މަސައްކަތާގުޅެ ރިޕޯޓް ހެދުން

-        ސްޓްރެޓީޖިކް ޕްލޭންއާއި އެއާ ގުޅިގެން ހަދާ ބަޖެޓް ހެދުމުގައި އެހީތެރިވުން

-        ކެޕިޓަލް މާކެޓް ގެ ޙަރަކާތްތައް އިތުރުކުރުމުގެ ގޮތުން  މާކެޓްގައި ސެކިއުރިޓީސް ގަނެ ވިއްކުމުގެ ޑިމާންޑް އިތުރުކުރުމަށް އެހީވެދޭނެ ޕްރޮގްރާމްތައް ތައްޔާރުކުރުން

-        ސެކިއުރިޓީސް މާކެޓް ޕްރޮމޯޓްކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުން

-        ޕަބްލިކާއި ސްޓޭކް ހޯލްޑަރުންނާއި ސީއެމްޑީއޭ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުން

-        މާކެޓް ގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުން

-        މާކެޓް ރެގިއުލޭޝަންއާގުޅޭ މަސައްކަތްތަކުގައި އެހީތެރިވުން

-        މާކެޓާ ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުން 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

-        އެޕްލިކޭޝަން ފޯމު

-        ކަރިކިއުލަމް ވިޓާ (ސީވީ)

-        ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ

-        ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-        ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުމެއް

-        ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސީ.އެމް.ޑީ.އޭ ގެ ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން

 

ނޯޓު:

-        މި މަޤާމަށް މީހަކު ހޮވުމުގައި އައި.ޓީ ސްކިލް ހުރިފަރާތަކަށް އިސްކަން ދެވޭނެއެވެ.

-        އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-        މިވަޒީފާއަށް ހޮވޭ ފަރާތް ދާއިމީ މުވައްޒަފެއްގެ ގޮތުގައި ހަމަޖެއްސޭނީ، 3 މަސްދުވަހުގެ ޕްރޮބޭޝަނަކަށްފަހު މަސައްކަތަށް ރަނގަޅުނަމައެވެ.

-        ވަޒީފާއަށް ހޮވޭފަރާތުން މެޑިކަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

-        މިމަޤާމަށް ހޮވޭ ފަރާތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ) ހުށަހަޅަންވާނެއެވެ.

މި ވަޒީފާއަށް މީހަކު ހޮވާނީ، ކުށުގެރެކޯޑް ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ  5  އަހަރު ދުވަހު ކުށުގެ ރެކޯޑެއް ނެތްނަމައެވެ.

-         މީގެ ކުރިން އެހެން ވަޒީފާ އެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނުގެ ފަރާތުން މަސައްކަތް ކުރިކަމުގެ ލިއުން (މަސައްކަތަށް ފަރުވާތެރިކަން ބަހައްޓަފައިވާ މިންވަރާއި، ހާޒިރީ އާއި ޗުއްޓީނަގާފައިވާ ގޮތުގެ ރިކޯޑް އެގޭނެ ގޮތަށް) ހުށަހަޅަންވާނެއެވެ.

-        މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

 

ސުންގަޑި

 

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވަޒީފާއަށް އެދި، ތިރީގައިވާ އެޑްރެހަށް އީމެއިލް ގެ ޒަރީއާއިން ނުވަތަ ސިޓީ ނުވަތަ ފޯމް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ހ. އޯކިޑް 3 ވަނަ ފަންގިފިލާ

އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619، ފެކްސް:3336624

އީމެއިލް: [email protected]  ވެބްސައިޓް: www.cmda.gov.mv

 

 30   ރަމަޟާން  1442

 12 އެޕްރީލް    2021

12 މޭ 2021
ހޯދާ