މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލުމަށް ކުރެވުނު އިޢުލާނާއި ގުޅޭ

އިޢުލާން

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މިމިނިސްޓްރީއިން ކޮށްފައިވާ ނަންބަރު i (IUL)88-PS/88/2021/37(08 އޭޕްރިލް 2021) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.


ރާއްޖޭގެ ކޯވިޑް-19 ގެ ޙާލަތާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2021/7 (04 މޭ 2021) ދެންނެވުމާއި ގުޅިގެން، 05 މެއި 2021 އިން ފެށިގެން 15 މެއި 2021 ގެ ނިޔަލަށް ޙަވާލާދެވިފައިވާ އިޢުލާނާއި ގުޅޭ ބީލަން ފޮތް ވިއްކުމުގެ އެންމެހާ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް މިމިނިސްޓްރީއިން ވަނީ ނިންމާފައެވެ.

 

މި މުއްދަތުގައި ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ. އަދި ފޯމް ހުށަހަޅުއްވާ ފަރާތްތަކަށް ބީލަން ފޮތް އީ-މެއިލް މެދުވެރިކޮށް ޙިއްސާކުރެވި، ބީލަން ފޮތުގެ ހާރޑް ކޮޕީ ބައްލަވައިގަންނަވާނެ ތާރީޚަކާއި ވަގުތެއް މިމިނިސްޓްރީގެ ފަރާތުން އަންގާނެ ވާހަކަވެސް ދެންނެވީމެވެ.

 

ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެއެވެ. އަދި ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 14 އޭޕްރިލް 2021 ވާ ބުދަ ދުވަހުން ފެށިގެން 06 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

 

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 06 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

06 މޭ 2021
ހޯދާ