ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ޚާއްސަ ތަމްރީނުތަކެއް 2021 މޭ 03 އިން 05 އަށް، މިއިން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް ލ.ގަމުގެ އިރުމަތިން 07 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް
1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް: މެޝިން ގަން ފަޔަރިންގ
2. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 5000 މީޓަރ
3. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރ
4. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ-ލެވެލް
5. ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަން: ލ.ގަމުގެ އިރުމަތިން 07 ނޯޓިކަލް މޭލު ބޭރުގައި
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
