ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
1. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ތިރީގައި ދަންނަވާފައިވާ މަސައްކަތްތަކަށް ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުޞޫލުން ތަރައްޤީކުރުމަށްޓަކައި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
|
ޕްރޮކިއުމަންޓް ނަންބަރު |
ޕްރޮކިއުމަންޓުގެ ނަން |
|
TES/2021/W-094 |
ޑިޒައިން، ބިލްޑް، ފައިނޭންސް އަދި އޮޕަރޭޓް އުސޫލުން ނ.ކެނދިކޮޅުދޫގައި ޖޫނިއަރ ކޮލެޖެއް އެކޮމޮޑޭޝަން ބްލޮކަކާއިއެކު ތަރައްޤީ ކުރުމުގެ މަސައްކަތް |
|
TES/2021/W-095 |
ޑިޒައިން، ބިލްޑް، ފައިނޭންސް އަދި އޮޕަރޭޓް އުސޫލުން ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖެއް އެކޮމޮޑޭޝަން ބްލޮކަކާއިއެކު ތަރައްޤީ ކުރުމުގެ މަސައްކަތް |
2. މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 25 އެޕްރީލް 2021 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެކެވެ.
3. މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.
4. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 2021 މެއި 24 ވާ ހޯމަ ދުވަހުގެ 14:00ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 3349147 960+/ 3349102 960+
އީމެއިލް:. [email protected]
ކޮޕީ: [email protected]
