އިޢުލާނު
|
މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-333211
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
ޖީ.އެސް 4
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އެޑްމިނިސްޓްރޭޝަން ޔުނިޓު / އެޑްމިނިސްޓްރޭޝަން ސެކްޝަން / ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މާލެސިޓީ
|
މުސާރަ:
|
މަހަކު -/5020 ރުފިޔާ، (ފަސްހާސް ވިހި ރުފިޔާ)
|
ސަރވިސް އެލަވަންސް:
|
މަހަކު -/1500 ރުފިޔާ، (ފަނަރަ ސަތޭކަ ރުފިޔާ)
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700ރ (ހަތްސަތޭކަ ރުފިޔާ)
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ގާނޫނުތަކާއި ގަވާއިދުތަކުން މި މިނިސްޓްރީއަށް ޒިންމާ ކުރުވާފައިވާ މަސައްކަތްތަކުގެ ތެރެއިން މޮސްކް މެނޭޖްމެންޓް ސެކްޝަނާ ގުޅުންހުރި ކަންތައްތައް ކުރިޔަށް ގެންދިޔުމުގައި މިނިސްޓަރާއި ޕާމަނަންޓް ސެކްރެޓަރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ގާނޫނުތަކާއި ގަވާއިދުތަކުން މި މިނިސްޓްރީއަށް ޒިންމާ ކުރުވާފައިވާ މަސައްކަތްތަކުގެ ތެރެއިން މޮސްކް މެނޭޖްމެންޓް ސެކްޝަނާ ގުޅުންހުރި އެއްވެސްކަމެއް ދޫވެގެން ދާނަމަ، އެކަންކަން މިނިސްޓަރާއި ޕާމަނަންޓް ސެކްރެޓަރީގެ ސަމާލުކަމަށް ގެނައުމާއި އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކުގެ ތެރޭގައި މި މިނިސްޓްރީއާއި ގުޅޭގޮތުން ކަނޑައެޅިފައި ހުންނަ މޮސްކް މެނޭޖްމެންޓް ސެކްޝަނާ ގުޅުންހުރި ކަންތައްތައް ބަލައި އެކަންތައްތައް މިނިސްޓްރީ ލެވެލްގައި ތަންފީޒު ކުރުވުމުގެ ގޮތުން މިނިސްޓަރާއި ޕާމަނަންޓް ސެކްރެޓަރީގެ ސަމާލުކަމަށް ގެނައުމާއި އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން މި މިނިސްޓްރީއާއި ގުޅުން ހުންނަ ކަންތައްތައް ބަލައި ދެނެގަނެ އެވަޢުދުތަކުގެ ތެރެއިން މޮސްކް މެނޭޖްމެންޓް ސެކްޝަނާ ގުޅުންހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް މިނިސްޓަރާއި ޕާމަނަންޓް ސެކްރެޓަރީއަށް އެހީތެރިވެދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ސަރުކާރުގެ ވަޢުދުތައް ކުރިޔަށްދާ ގޮތާއި އަދި ކުރިޔަށް ނުގެންދެވޭ ކަންތައްތައް ބަލައި އެކަންކަމުގެ އަޕްޑޭޓްސް މިނިސްޓަރާއި ޕާމަނަންޓް ސެކްރެޓަރީއަށް ޙިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކާއި މިނިސްޓަރުގެ ދަތުރުފުޅު ތަކުގައި، މިނިސްޓްރީގެ މަސައްކަތްތަކާގުޅޭގޮތުން ރައްޔިތުންނަށް ވެވަޑައިގެންނަވާ ވަޢުދުތައް ދެނެގަނެ ، އެކަންތައްތަކުގެ ތެރެއިން މޮސްކް މެނޭޖްމެންޓް ސެކްޝަނާ ގުޅުންހުރި ކަންކަން ކުރިޔަށް ގެއްދިޔުމަށްޓަކައި މިނިސްޓަރާއި ޕާމަނަންޓް ސެކްރެޓަރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- މިނިސްޓަރ ސެކްރެޓޭރިއޭޓުގެ ފަރާތުންނާއި ޕާމަނަންޓް ސެކްރެޓަރީގެ ފަރާތުން އަހަރީ ބަޖެޓުގައި ކޮންމެހެން ހިމަނަންޖެހޭ ކަންތައްތައް ބަލައި އެކަންކަން ބަޖެޓުގައި ހިމެނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- ދީނީ ކަންތައްތަކަށް ފުރައްސާރަކޮށް ހަރުކަށި ޚިޔާލާއި ފިކުރުތައް ނައްތާލުމަށް މަސައްކަތްކުރުމަށް ސަރުކާރަށް ލަފާއަރުވާ ކޮމެޓީގެ ބައްދަލުވުމުގެ އިދާރީ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން
- ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތަކުގެ ޑްރާފްޓްތައް ހެދުމާއި އުޞޫލުތައް ހެދުމާއި ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައާއި މިހުރިހާ ކަންތައްތަކެއްގައި އެހީތެރިކަން ފޯރުކޮށްދިނުން
- މިނިސްޓަރ ކަނޑައަޅުއްވާ ޕޮލިސީސްތަކުގެ ތެރެއިން މޮސްކް މެނޭޖްމެންޓް ސެކްޝަނާ ގުޅުންހުރި ކަންކަން ތަންފީޒު ކުރުމަށް ސެކްޝަނަށް އެންގުމާއި އެކަންކަން ކުރިޔަށްދާގޮތުގެ އަޕްޑޭޓްސް ހޯދާ މިނިސްޓަރގެ ޕީއޭއަށް ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މިނިސްޓަރ ޖަވާބުދާރީ ވެލައްވަންޖެހޭ ކަންތައްތަކުގެ ތެރެއިން މޮސްކް މެނޭޖްމެންޓް ސެކްޝަނާ ގުޅުންހުރި ކަންތައްތައް ސެކްޝަނުން ކުރިޔަށްދާ މިންވަރު ބަލައި އަވަސްކުރުވަންޖެހޭ ނަމަ، އަވަސްކުރުވައި މިނިސްޓަރ / ޕީއޭ އަށް އެމަޢުލޫމާތު ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- މިނިސްޓަރާއި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މެހުމާންދާރީ އަދާކުރެއްވުމާއި އެޕޮއިންޓްމެންޓްތައް ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
- މިނިސްޓަރ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅު ތަކުގެ ތެރެއިން ކޮންމެ ތިންދަތުރަކުން އެއްދަތުރުގެ އެންމެހާ އިންތިޒާމުތަކެއް ހަމަޖެއްސުމާއި ދަތުރުފުޅު ނިމުމުން ދަތުރު ރިޕޯޓު ތައްޔާރުކޮށް ފައިނޭންސް ސެކްޝަނަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ރާއްޖޭންބޭރުން ވަޑައިގަންނަވާ ބޭރުގެ އެންމެހާ ޑެލިގޭޝަންތަކަށް މެހުމާންދާރީ އަދާކުރުމާއި އެބޭފުޅުންނާގުޅޭގޮތުން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތަކެއް ކޮންމެ ތިން ފަހަރަކުން އެއްފަހަރު ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން
- މިނިސްޓްރީގެ ފަރާތުން ސޮއިކުރާ އެންމެހާ އެގްރީމެންޓު ތަކާއި އެމް.އޯ.ޔޫ ތައް ތައްޔާރުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން
- މިނިސްޓަރސް ސެކްރެޓޭރިއޭޓުގެ އަހަރީ ރިޕޯޓު ލިޔެ އޮފީސް އެޑްމިނިސްޓްރޭޝަން ޔުނިޓަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
- ޖެމްސްއިން އިސްލާމިކް މިނިސްޓްރީއަށް ލިބޭ އެންމެހާ ލިޔުންތަކަށް ޖަވާބުދާރީ ވެވެމުންދޭތޯ ބެލުމުގޮތުން މޮސްކް މެނޭޖްމެންޓް ސެކްޝަނަށް ލިބޭ ލިޔުންތައް ބަލައި، ލަސްވާ ކަންތައްތައް އަވަސްކުރުވުމަށް މަސައްކަތްކުރުން.
- އިސްލާމީ އެކި ގައުމުތަކުން މި މިނިސްޓްރީ މެދުވެރިކޮށް ކުރަންބޭނުންވާ ކަންތައް ކުރެވޭނޭ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ކޮންމެ 3 ފަހަރަކުން އެއްފަހަރު އިސްވެ ހަރަކާތްތެރިވުން
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ ނުވަތަ އެއާ އެއް ފަންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
ގުޅޭ ވަޒީފާގެ ދާއިރާތައް
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމަންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/dv/downloads/15151) އަދި މިނިސްޓްރީގެ ވެބްސައިޓުންނާއި (https://www.gov.mv/dv/services/job-application-form-for-civil-service) ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި މިނިސްޓްރީގެ (https://www.gov.mv/dv/guidance-and-regulations/recruitment-policy-2021) ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޭޕްރީލް 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކްއެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއުއަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، 2021 އޭޕްރީލް 27 އާއި 2021 މޭ 06 ވަނަ ދުވަހާ އާ ދެމެދު މިނިސްޓްރީގެ އޮފް އިސްލާމިކް އެފެއާޒުގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު އަދި ޕްރެކްޓިކަލް ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|