ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުންޏަށް ހޯދަން ބޭނުންވާ "Microsoft Office 365 Licenses" އަދި މިކަމާއި ގުޅިގެން ކުރަންޖެހޭ މައިގްރޭޝަންގެ މަސައްކަތް ކޮށްދެވޭނެ މައިކްރޯސޮފްޓް ޕާޓްނާސް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/77

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-35-21) PSM-ENG-BT /2021/21

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

          މިކުންފުންޏަށް ހޯދަން ބޭނުންވާ "Microsoft Office 365 Licenses" އަދި މިކަމާއި ގުޅިގެން ކުރަންޖެހޭ މައިގްރޭޝަންގެ މަސައްކަތް ކޮށްދެވޭނެ މައިކްރޯސޮފްޓް ޕާޓްނާސް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2021/58 ނަންބަރު އިޢުލާނާގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 އޭޕްރިލް 2021 ވާ އާދީއްތަ ދުވަހުގެ  13:00  އަށް  ޕީއެސްއެމް  ހެޑްއޮފީސް  (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. ކަނޑައެޅިފައިވާގަޑިތަކަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް މިބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

                 03 ރަމަޟާން 1442   

                 15 އޭޕްރިލް 2021

15 އެޕްރީލް 2021
ހޯދާ