ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނިން އުފައްދާ ލަވަ ޕްރޮގްރާމަށް ސައުންޑް އިންޖިނިއަރއެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/73

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-46-21) PSM-TVM Pro /2021/66

 

 

 

އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނިން އުފައްދާ ލަވަ ޕްރޮގްރާމަށް ސައުންޑް އިންޖިނިއަރއެއް ހޯދަން ބޭނުންވާތީ އެކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ތިރީގައިވާ މައުލޫމާތާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، 12 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

  • ލަވަ ޕްރޮގްރާމްގައި ޕާރފޯމްކުރާ 25 ލަވައިގެ ރެކޯޑިންގ އަދި މާސްޓަރިންގ ހެދުން.
  • މި 25 ލަވަ ބަހާލެވިފައިވަނީ ތަފާތު 5 ޕްރޮގްރާމަކަށެވެ. ކޮންމެ ޕްރޮގްރާމެއްގައި ތަފާތު 5 ސޯލޯ އާޓިސްޓުން ލަވަ ޕާރފޯމްކުރާނީ ލައިވްކޮށް އަދި މިއުޒިކް ބޭންޑަކާއި އެކުއެވެ.

 

ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

1

ޕްރޮޕޯސަލް ހުށަހަޅާއިރު ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

ޕްރޮޕޯސަލް ހުށަހަޅާ މަރުޙަލާގައި،

އަސާސީ މަޢުލޫމާތެއް މަދުނަމަ، އެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

  • ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި އަމިއްލަ ފަރުދުން

1-  ކޯޓޭޝަން/ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު)

  • ކުންފުންނި / އަމިއްލަ ފަރުދުންގެ ވިޔަފާރިނަމަ،

2-  ކޮމްޕެނީ / އަމިއްލަ ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީގެ ކޮޕީ:

3-  ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ:

4-  ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ

  • އަމިއްލަ ފަރުދެއްނަމަ،

5- އައިޑީ ކާޑް ކޮޕީ / ވަނަވަރަރު

6- ޖީ އެސް ޓީ އަށް ރަޖިސްޓްރީކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ

2

ޕޮއިންޓް ދެވޭނެގޮތް

1- އަގަށް:                     70 ޕޮއިންޓް

2- ކަމާގުޅުންހުރި ތަޖްރިބާ:           20 ޕޮއިންޓް

3- ފައިސާ ދައްކަން ހުށަހަޅާ މުއްދަތަށް:  10 ޕޮއިންޓް

3

ސުންގަޑި

12 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް ރޭޑިއޯ ބިލްޑިންގ އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

4

ބިޑްނުވަތަ މަސައްކަތް އެވޯޑްކުރުން

ޕީއެސްއެމްގެ ބިޑްކޮމެޓީން ކޯޓޭޝަންތައް އިވެލުއޭޓްކޮށް ނިމުމުން އެވޯޑް ކުރެވޭ ފަރާތަށް އެވޯޑް ލެޓަރ އެއް ފޮނުވޭނެއެވެ.އަދި ނުހޮވޭ ފަރާތްތަކަށް މި މަޢުލޫމާތު ޙިއްސާކުރެވޭނެއެވެ.

އެވޯޑް ލެޓަރ ފޮނުވުމަށްފަހު، ނުހޮވޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް 5 ދުވަހުގެ ފުރުޞަތެއް ދެވޭނެއެވެ. މި 5 ދުވަސްފަހުން އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާނަމަ އެވޯޑްވި ފަރާތާ، ޕީއެސްއެމްއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ޙަވާލުކުރެވޭނެއެވެ. 

5

ޕްރޮޕޯސަލްބަލައި ގަތުން:

  • ޕްރޮޕޯސަލް  ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • އެޑްރެސް ކުރަންވާނީ ،ތިރީގައިވާ ގޮތަށެވެ.
  • ޕްރޮޕޯސަލް ހުށަހަޅާ ކަމެއް-
  • ޕްރިކޮއުމަންޓް ޑިޕާރޓްމަންޓް
  • ޕަބްލިކް ސާރވިސް މީޑިއާ
  • ރޭޑިޔޯ ބިލްޑިންގް
  • އަމީނީމަގު،މާލެ 20331

 

ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                    26 ޝަޢުބާން 1442

                     08 އޭޕްރީލް 2021

08 އެޕްރީލް 2021
ހޯދާ