ދިވެހިރާއްޖެ
މި އިޢުލާންވަނީ 15 އެޕްރީލް 2021 14:19 ގައި ބާތިލް ކުރެވިފައެވެ.
މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް) | |
---|---|
ބޭނުންވާ އަދަދު :1 | |
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓް
ގައްދޫ،
ދިވެހިރާއްޖެ.
އިޢުލާން
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް) |
||||||||||||
ރޭންކް |
ޖީ.އެސް 3 |
||||||||||||
މަސައްކަތްކުރަންޖެހޭތަން |
ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓް |
||||||||||||
ބޭނުންވާ އަދަދު |
01 (އެކެއް) |
މުއްދަތު |
ވަޒީފާއަށް ނެރޭ ތާރީޚުން ފެށިގެން 03-09-2021 ގެ ނިޔަލަށް |
||||||||||
އަސާސީ މުސާރަ |
-/4465 ރުފިޔާ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) |
||||||||||||
މިމަޤާމަށް ލިބޭ އެލަވަންސް |
|
||||||||||||
އަސާސީ ޝަރުޠު |
1- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ، 2- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. |
||||||||||||
އެހެނިހެން ޝަރުޠު |
|
||||||||||||
މަޤާމުގެ މަސްއޫލިއްޔަތު |
1- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއިގުޅޭ އެންމެހާ އިދާރީ މަސައްކަތްކުރުން. 2- އެންޓްރީ ކުރުމާއި ކޯޓަށް ބަލައިގަންނަ ސިޓީ/މެސެޖުފަދަ ލިޔުންތައް ސެކްޝަންތަކާއި ޙަވާލުކުރުން. 3- ޝަރީޢަތާއިގުޅޭ ކަންކަމުގައި ޙާޟިރުކުރެވޭ ފަރާތްތަކާއި ޝަރީޢަތާއި ގުޅުންހުރި މުއާމަލާތްތައް ހިންގުން. 4- ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ދަޢުވާލިބޭ ފަރާތްތަކަށް މައްސަލައާއިގުޅޭ މަޢުލޫމާތު ދިނުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން. 5- ރެކޯޑިންގ ބަޔާންތައް ލިޔުން. 6- ކޭސްމެނޭޖްމަންޓް ބޭނުންކޮށްގެން މައްސަލަތަކުގެ ތާވަލު ތައްޔާރުކުރުން. 7- މައްސަލަތަކާއި ގުޅޭ އިދާރީ ލިޔެކިޔުންތައް ސްކޭންކޮށް ފައިލްކުރުން. |
||||||||||||
ތަޢުލީމީ ދާއިރާ |
އެޑްމިނިސްޓްރޭޝަން / ޤާނޫނީ ދާއިރާ / އޮފީސް މެނޭޖްމަންޓް |
||||||||||||
މަސައްކަތާއި ގުޅޭ ތަޢުލީމީ ސެޓްފިކެޓް |
|
||||||||||||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތައުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބަލައެވެ. މިގޮތުން މިބައިތަކަށް ކަނޑައެޅިފައިވަނީ:
|
||||||||||||
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި |
1- ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު 2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް) 3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 4- ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓްގެ ކޮޕީ އާއިއެކު 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއި އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯރޓް ހުށަހެޅުމާއި އެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން. 6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. 7- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ 8- ޝަހާދާ ޡާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޓް |
||||||||||||
ސުންގަޑި |
20 އޭޕްރީލް 2021 ވަނަ ދުވަހުގެ 13:00ގެކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި ލިޔުންތައް ކޯޓަށް ލިބުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތަކާއި ގުޅިގެން އެޕްލިކޭޝަން ފޮނުވާ މެއިލްއަށް ކޯޓުން ޖަވާބުދޭނެއެވެ. |
||||||||||||
އިތުރު މަޢުލޫމާތު |
· މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. · އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ. · މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓުގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. · ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. · ވަޒީފާއަށް އެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: gdh-gadhdhoo.courts.gov.mvއިން ލިބެން ހުންނާނެއެވެ. |
||||||||||||
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް |
|
08-04-2021