ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިޕާޓްމަންޓްގެ ބޭނުމަށް ނޯޓިސްބޯޑް ހެދުމާގުޅޭ

މިޑިޕާޓމަންޓްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ނޯޓިސް ބޯޑެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު F/2021/29 (22 މާރޗް 2021) ނޯޓިސްއާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

 

މިކަމާގުޅޭ މަޢުލޫމާތުޝީޓްމިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސްބޯޑުގެ ކުދިމަރާމާތާއި އަދި އެހެނިހެން ޕްރޮކިއުމަންޓްގެ ބައިން ލިބިވަޑައިގަންނަވާނެއެވެ.

ލިންކް: https://bit.ly/3ljU9Ez

މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ މި ޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 2021 އެޕްރީލް 07 ވަނަ ދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރުން  އެދެމެވެ.

މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 އެޕްރީލް 08 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. 

04 އެޕްރީލް 2021
ހޯދާ