ދިވެހިރާއްޖެ
29 މޭ 2014 ވާ ބުރާސްފަތި ދުވަހުގެރޭ 08:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ 31 ވަނަ އަހަރީ ޢާންމު ޖަލްސާގެ ނަންބަރު BML/CORP/2014/098 ނޯޓިސް އަށް ޙަވާލާދީ ދަންނަވަމެވެ.
އެޖެންޑާ ނަންބަރު 6 ގައިވާ ގޮތުގެމަތީން ބޭންކުގެ ހިންގާ ގަވާއިދުގެ 47 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ފަދައިންެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބުކުރުން.
2014 -2015 ވަނަ އަހަރަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
| 
 
  | 
 ނަން  | 
 އެޑްރެސް  | 
||
| 1. | 
 މރ. އެންޑްރޫ ހީލީ (މެެނޭޖިންްގ ޑިރެކްޓަރ އަދި ސީ.އ.ީއޯ)  | 
 ބޭންކް އޮފް މޯލްޑިވްސް ޕލކ، މާލެ  | 
||
| 
 2.  | 
 އަލްފާޟިލް މުޙައްމަދު ޝަރީފް  | 
 ގ. އިފާއު، މާލެ  | 
||
| 
 3.  | 
 އަލްފާޟިލް މުރުތަޟާ މުޙައްމަދު ދީދީ  | 
 މއ. އަޅިވިލާ، މާލެ  | 
||
| 
 4.  | 
 އަލްފާޟިލް މުޙައްމަދު ލުވޭޒް  | 
 މއ. ދިލާސާގެ، މާލެ  | 
||
| 
 5.  | 
 އަލްފާޟިލް އަބްދުލް ޙާރިޘް  | 
 ގ. އެކްރާ، މާލެ  | 
||
| 
 6.  | 
 އަލްފާޟިލް މުޙައްމަދު އުމަރު  | 
 ތުޑީގެ، ފ. ނިލަންދޫ  | 
||
* މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގާ ނޭޝަނަލް ސުޓޫޑެންޓް ލޯންސްކީމުގެދަށުން ނަންބަރު 6 ގައި ބަޔާންކުރެވިފައިވާ އަލްފާޟިލް މުޙައްމަދު ޢުމަރު، ތުޑީގެ، ފ. ނިލަންދޫގެ ނަމުގައި ލޯނެއް މިބޭންކުގައި ރަޖިސްޓަރީ ކުރެވިފައިވެއެވެ. ނަމަވެސް މިލޯނަކީ އަލްފާޟިލް މުހައްމަދު އުމަރުގެ ބޭބެ މަތީތައުލީމު ހާސިލުކުރުމަށް ނޭޝަނަލް ސުޓޫޑެންޓް ލޯންސްކީމުގެދަށުން ސަރުކުން ދޫކޮށްފައިވާ ލޯނެކެވެ.
2014 - 2015 ވަނަ އަހަރަށް ޢާންމު ޙިއްޞާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަކީ:
ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ޑިރެކްޓަރުންގެ ބޯޑަށް ޢާންމު ޙިއްޞާދާރުން ހޮއްވަވާ 3 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމަށް ކުރެވުނު އިޢުލާނާ ގުޅިގެން 4 ފަރާތަކުންވަނީ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލައްވާފައެވެ. ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ނަންތައް އެންްމެހާ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
| 
 ނަން  | 
 އެޑްރެސް  | 
|
| 1. | 
 އަލްފާޟިލް މުޙައްމަދު ޢަބްދުއްސައްތާރު  | 
 މއ. ޓިއުލިޕްވިލާ، މާލެ  | 
| 2. | 
 އަލްފާޟިލް އިބްރާހީމް މުޙައްމަދު  | 
 ނެލުމް، ނ. ހޮޅުދޫ  | 
| 3. | 
 އަލްފާޟިލް އިސްމާޢީލް މުޚްތަބާ  | 
 މ. ކުރިނބީ ލޮޖް، މާލެ  | 
v މިބޭފުޅުންނާބެހޭ އިތުރު މަޢުލޫމާތު މިބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބިވަޑައިގަންނަވާނެއެވެ.
v މިބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަން ކުރެވޭ އަދި އިންތިޚާބުކުރެވޭ ޑިރެކްޓަރުންނާ ދެމެދު ސަރވިސް ކޮންޓްރެކްޓެއް ހެދިފައި ނުވާ ވާހަކަ އެންމެހާ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
16 ރަޖަބު 1435
