ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

      ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2021/75

ތާރީޚް:  30 މާރިޗް 2021

 މަޤާމު

ޑިރެކްޓަރ

ރޭންކް: އީ.އެކްސް 1

 ޢަދަދު

01

 މަޤާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ

 މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

 އަސާސީ މުސާރަ

 -/8,835 ރުފިޔާ

 މިމަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: -/4,417.50 (އަސާސީ މުސާރައިގެ %50)
  • ސަރވިސް އެލަވަންސް: -/2,000
  • ލިވިންގ އެލަވަންސް:  -/3,000
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

 އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޑީޖޭއޭ ގެ ސްޓެރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އޮފީހުގެ މަސައްކަތްތައް މޮނިޓަރކޮށް ހިނގާ ނުހިނގާ ގޮތް ބެލުމާއެކު އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ކަމާއެކު ކުރިއަށް ގެންދިއުން.
  • ޑީޖޭއޭގެ އޮޕްރޭޝަންސް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރުން އަދި އިނޮވޭޝަން ގެނެވޭނެ ގޮތްތައް ހޯދާ އެކަންކަން ކަމާގުޅޭ ސެކްޝަންތަކާއެކު ތަންފީޒުކުރުން.
  • ޑީޖޭއޭއަށް ލިބޭ މަޢުލޫމަތު ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއި ޙިއްސާކުރުމާއި، އަދި ސީޖޭއޭގެ ފަރާތުން އެކި ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންނުން ބާއްވާ ޕޮލިސީ ބައްދަލުވުންތަކުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމާއި، ބައްދަލުވުމުގައި ނިންމާ ނިންމުންތައް ތަންފީޛުވާ މިންވަރު މޮނިޓަރކޮށް ބެލެހެއްޓުން.
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުން ތަކުގެ ކެލެންޑަރ ބަލަހައްޓައި، ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ބައްދަލުވުމުގެ އެޖެންޑާ ތައްޔާރުކޮށް ޝެއަރ ކުރުމާއި، ބައްދަލުވުމަށް ބޭނުންވާ ބްރީފް ތައްޔާރުކުރުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ބެލެހެއްޓުން އަދި ނިންމޭ ނިންމުންތައް ތަންފީޛުކުރެވޭ މިންވަރު މޮނިޓަރކޮށް ބެލެހެއްޓުން.
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަވާލުކުރައްވާ ޚާއްޞަ މަސައްކަތްތައް ތަންފީޛުކުރުމުގެ މަސައްކަތް ކުރުން.
  • ޑީޖޭއޭ އިން ބާއްވާ އެކިއެކި އިވެންޓްތަކާއި ކޮންފަރެންސްތައް ކަމާގުޅޭ ސެކްޝަންތަކާއެކު އިންތިޒާމްކުރުމުގެ މަސައްކަތް ކުރުން.
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ނިންމަވާ ނިންމެވުންތައް އަންގަންޖެހޭ ސެކްޝަންތަކަށް އަންގައި ފިޔަވަޅު އެޅުން.
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ބައިވެރިވެ ވަޑައިގަންނަވާ ދަތުރުފުޅުތަކުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ބެލެހެއްޓުން.
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ އިސް ނެންގެވުމުގެ ދަށުން ކުރިއަށް ގެންދަވާ ޚާއްސަ ޕްރޮޖެކްޓްސްތަކާއި، އިވެންޓްސްތައް ޕްލޭންކޮށް، އޯގަނައިޒްކޮށް ކޯޑިނޭޓް ކުރުމުގެ މަސައްކަތް ކުރުން.
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ބިއުރޯގެ މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިދާރީ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިންތިޒާމްކޮށް، ޤަވާޢިދުގައި ކަނޑައެޅިފައިވާ މުއްދަތަށް ޖަވާބުދާރީވުމުގެ އިންތިޒާމް ހަމަޖެއްސުން. 
  • ޑީޖޭއެގެ އެކި އެކި ސެކްޝަންތަކާއި ގުޅުންހުރި ކަންކަމުގައި ލިބޭ ޝަކުވާތައް ނޯޓްކޮށް،، ކަމާ ގުޅުންހުރި ސެކްޝަންތަކާއި ގުޅިގެން މައްސަލަތައް ހައްލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ބައްވާ ބައްދަލުވުންތަކަށް ތައްޔާރުކުރަންޖެހޭ ކޮންސެޕްޓް ނޯޓްސް، ރިޕޯޓް އަދި ޕްރެޒެންޓޭޝަންތައް ފަދަ ޑޮކިއުމަންޓްސް ތައްޔާރުކޮށް ހުށަހެޅުމުގެ މަސައްކަތް ކުރުން.
  • ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަދި ޑީޖޭއޭގެ އެކި ސެކްޝަންތަކުން ކުރާ މަސައްކަތަށް ބޭނުންވާ ސަޕޯޓް ދިނުން.

 މަޤާމަށް ބޭނުންވާ ޚާއްޞަ   ހުނަރުތައް

  •  
    • Flexible and adaptable approach to work
    • Ability to use own initiative and self-motivation

    • Knowledge of the latest Microsoft software

    • Tact and discretion for dealing with confidential information

    • Excellent verbal & written communication

    • Excellent organizational and time management skills

    • Ability to research and provide high quality policy advice 

    • Hold excellent interpersonal skills and leadership

    • Analytical thinking & problem-solving skills with quick learning abilities / decision making

    • Professional & calm personality

    • Ability to find key strategic issues, opportunities and risks

    • Ability to provide innovate technical leadership by performing and overseeing the planning, development, and management of operation.

     

 ތަޢުލީމީ ރޮނގު

މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން/ސޯޝަލް ސައިންސް

 ގުޅޭ ވަޒީފާގެ ދާއިރާތައް

ބިޒްނަސް މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ޕްލޭނިންގ، ޕަބްލިކް ރިލޭޝަންސް، ކޮމިއުނިކޭޝަން މެނޭޖްމަންމަންޓް، ސޯޝަލް ސައިންސަސް

 ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް. 
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  11. ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން. 

 ސުންގަޑި

2021 އޭޕްރީލް 08 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

 އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ މަޢުލޫމާތު ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

 މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭވޭނެ ކަންތައްތައް

  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މަލްޓި ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި ފަރާތަކަށްވުން.
  • ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ތަފާތު މިޒާޖުތަކުގެ މީހުން ގޮވައިގެން މަސައްކަތްކޮށް ނަތީޖާ ނެރެފައިވާ ފަރާތަކަށްވުން.
  • ކަންކަން ރާވައި ޕްލޭން ކުރުމާއި، ވަގުތު މެނޭޖު ކުރުމުގެ ގާބިލިއްޔަތު ހުރި  ފަރާތަކަށްވުން.
  • މައްސަލަތައް ޙައްލު ކުރުމާއި ހަރުދަނާ ނިންމުންތައް ނިންމުމުގެ ހުނަރާއި ގާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއް ކަމުގައިވުން.
30 މާރިޗު 2021
ހޯދާ