ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2021/76

ތާރީޚްޒ 30 މާރިޗް 2021

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

ޢަދަދު

1

ސެކްޝަން: ޕޮލިސީ ޕްލޭނިންގ ސްޓެޓިސްޓިކްސް އެންޑް ރިސަރޗް

ވަޒީފަގެ ބާވަތް

ކޮންޓްރެކްޓް އުޞޫލުން 1.5 އަހަރުގެ މުއްދަތަށް (މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެ)

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

-/7,035 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

ޖުޑީޝަލް އެލަވަންސް: -/3,517.50 ރުފިޔާ (އަސާސީ މުސާރައިގެ %50)

ސަރވިސް އެލަވަންސް:  -/2,000 ރުފިޔާ

ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

1-   މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

2-   މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

3-    މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ދެށިގެން މަތީގެ ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޝަރުޢީ ދާއިރާއިން އެއްކުރާ ތަފާސް ހިސާބްތައް އެއްކުރުން ސްޑޭންޑައިޒްކޮށް ޝާއިއު ކުރުމުގެ އެންމެހައި މަސައްކަތްތައް ރާވާއި ހިންގުން.
  • ޝަރުއީ ދާއިރާއާއި މެދު ރައްޔިތުންގެ އިތުބާރު އުފެއްދުމަށް ސްޓެޓިސްޓިސްޓިކަލް ޑޭޓާ ބޭނުން ކޮށްގެން މީޑިއާ ކެމްޕޭންތައް ކުރިއަށް ގެންދިއުމަށް މީޑިއާ ސެކްޝަނާއި ގުޅިގެން މަސައްކަތް ކުރުން.
  • ޝަރުޢީ ދާއިރާއިން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން (މައްސަލަތައް، ބާވަތްތައް، އަމުރުތައް) ތަފާސް ހިސާބު އެއްކޮށް ބެލެހެއްޓުން އަދި އެ މަޢުލޫމާތު ބޭނުންކޮށްގެން ދިރާސާ ކުރުން.
  • ޝަރުއީ ކޯޓުތަކާއި، އިދާރާތަކުގައި މަސައްކަތް ކުރާ ފަނޑިޔާރުންނާއި، ފަނޑިޔާރުންގެ މަސައްކަތަށް ކަނޑައެޅިފައިވާ މުވައްޒަފުންގެ އަދަދާއި ފެންވަރާއި ގުޅޭ މަޢުލޫމާތާއި ތަފާސްހިސާބް އެއްކޮށް ކޮސްޓް ބެނެފިޓް އެނާލިސިސް ހެދުން.
  • ޝަރުޢީ ކޯޓުތަކުން އެއްކުރެވޭ ތަފާސް ހިސާބުތައް ޑޭޓާބޭސްއަށް އެންޓަރކޮށް، އެމަޢުލޫމާތު ކަމާގުޅުންހުރި ފަރާތްތަކާއި ހިއްސާކުރުމަށް ބޭނުންވާ ރިޕޯޓްތައް  ވަގުތުން ވަގުތަށް ނެރެވޭ ގޮތަށް ބަލަހައްޓާ އަޕްޑޭޓްކުރަމުން ގެންދިއުން.
  • ޝަރުޢީދާއިރާގެ ތަފާސް ހިސާބާއި ގުޅޭ ޓްރެންޑްސްތައް އައިޑެންޓިފައި ކޮށް އެ މަޢުލޫމާތު ތަފާތު މީޑިއަމްތައް ބޭނުންކޮށްގެން (އިންފޯގްރެފިކްސް، ރިޕޯޓްތައް) ޤަވާއިދުން ތައްޔާރުކޮށް ކަމާގުޅުންހުރި ފަރާތްތަކާއި ހިއްސާކުރުން. 
  • ޝަރުޢީ ކޯޓުތަކުން އެއްކުރެވޭ ތަފާސްހިސާބު، ސަރުކާރުގެ މުއައްސަސާތަކަށް ފޯރުކޮށްދިނުމާއި، އެފަދަ މަޢުލޫމާތު ކަމާގުޅުންހުރި ފަރާތްތަކަށް ޕްރެޒެންޓް ކުރުމުގެ މަސައްކަތް ކުރުން.
  • ތަފާސް ހިސާބު ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ސްޓޭޓަސް އެގޭނެފަދަ ގޮތަކަށް އަތްމަތީ ފޮތެއް ތައްޔާރުކޮށް އަހަރަކު އެއްފަހަރު އަޕްލޯޑް ކުރުން/ ޕްރިންޓްކުރުން.
  • ތަފާސް ހިސާބު ކަލެކްޓް ކޮށް ރިޕޯޓް ޖެނެރޭޓް ކުރުމާއި ގުޅޭ މަޢުލޫމާތު ޝަރުޢީ ކޯޓުތަކުގެ މުވައްޒަފުންނަށް  ފޯރުކޮށްދިނުން.
  • ތަފާސް ހިސާބު ހޯދުމަށް އެދި އެކި ފަރާތްތަކުން ފޮނުވާ ސިޓީ އާއި އީ-މެއިލް އަށް ޖަވާބު ދިނުން.
  • ޖުޑީޝަލް އެކަޑަމީން ކުރިއަށް ގެންދެވޭ ތަމްރީން ޕްރޮގްރާމްތަކާއި ، އެ ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ސްޓެޓިސްޓިކްސް އެއްކޮށް އަހަރަކު އެއްފަހަރު ޕަބްލިޝްކުރުމުގެ މަސައްކަތް ކުރުން.
  • ޝަރުޢީ ދާއިރާއާއި ގުޅޭ ތަފާސް ހިސާބު ޢާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން.
  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދެވޭ ކުށުގެ ރިކޯޑްގެ ޚިދުމަތުގެ ސްޓެޓިސްޓިކްސް މިޑިޕާޓްމަންޓުން ކަނޑައަޅާ އުޞޫލަކާ އެއްގޮތަށް އެއްކޮށް ޕަބްލިޝްކުރުމުގެ މަސައްކަތް ކުރުން.
  • އެކިއެކި ކަންކަމާ ގުޅޭ ގޮތުން ޢާންމު ރައްޔިތިންގެ ފަރާތުން މިޑިޕާޓްމަންޓަށް ހުށަހެޅޭ ޝަކުވާތަކުގެ ސްޓެޓިސްޓިކްސް ޕީރިއޯޑިކަލީ ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  • ޕޮލިސީ ޕްލޭނިންގ ސެކްޝަނުން ކުރިއަށް ގެންދާ ޕްރޮޖްކްޓްސްތަކާއި، އެކްޓިވިޓީސްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެކަންކަން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރުން.
  • ޕޮލިސީ ޕްލޭނިން އިން ކުރިއަށް ގެންދާ މަސައްކަތަށް ބެނުންވާ ރިސާރޗްތައް ހަދައި ޑޭޓާތައް އެނަލައިޒް ކުރުމާއި، ކޮންސެޕްޓް ޕޭޕަރު ތައްޔާރުކުރުމާއި، ޕްރެޒެންޓް ކުރުމުގެ މަސައްކަތް ކުރުން.
  • އެކި އެކި ޕޮލިސީތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރުން، ޕްލޭންތައް ކުރިއަށްދާ ގޮތް މޮނިޓަރކޮށް ރިޕޯޓުތައް ތައްޔާރުކުރުން
  • އަހަރީ ޕްލޭން އަދި ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުން. 

މަޤާމަށް ބޭނުންވާ ޚާއްޞަ ހުނަރުތައް

    • Flexible and adaptable approach to work
    • Written and verbal communication skills

    • Good interpersonal skills

    • Creative thinking with a talent for practical problem solving 

    • IT Skills with a track record of using data management systems & Software

    • Great team player and self-motivated 

    • Decision making and leadership skills

ހުށަހަޅަންޖެހޭ ތަކެތި

 

 

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް. 
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  11. ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން. 

ތަޢުލީމީ ރޮނގު

އެޕްލައިޑް ސައިންސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޕްލޭނިންގ، އިކޮނޮމިކްސް

ތަޢުލީމީ ސެޓްފިކެޓް

 

އެޕްލައިޑް މެތެމެޓިކްސް، ސްޓެޓިސްޓިކްސް، ޕޮލިސީ ޕްލޭނިންގ، ސްޓްރެޓެޖިކް އިކޮނޮމިކްސް، މެނޭޖްމަންޓް ، އެޑްމިނިސްޓްރޭޝަން

ސުންގަޑި

2021 އޭޕްރީލް 08 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ މަޢުލޫމާތު ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340856 / 3340853
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ލީޑަރޝިޕްގެ ހުނަރު ދައްކުވައިދީފައިވާ، އަދި ޓީމެއް ގޮވައިގެން އުޅުމުގެ ޤާބިލުކަންހުރި ފަރާތަކަށްވުން.
  • ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޝަރުޢީ ދާއިރާ ތަމްޞީލްކުރެވޭފަދަ ފަރާތެއްކަމުގައިވުން.
  • ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ    ފަރާތަކަށްވުން.
  • ރާއްޖޭގައި ޤާއިމުކުރެވިފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
30 މާރިޗު 2021
ހޯދާ