ދިވެހިރާއްޖެ
ލ. މާބައިދޫގައި ޤާއިމްކުރާ 25 ޓަނުގެ (50 ޓަނުގެ ސްޓޯރޭޖާއެކު) އައިސްޕްލާންޓްގެ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިމިނިސްޓްރީގެ ނަންބަރ (IUL)30-C/30/2021/43 އިޢުލާނާއި ގުޅިގެން ލިބިފައިވާ އަގުތައް ބޮޑުވުމާއި އަދި ބީލަމާއި އެކު ހުށަހަޅަންޖެހޭނެކަމަށް ބުނެފައިވާ ލިޔުންތައް ހުށަހަޅާފައި ނުވަތީ، އެޢިއުލާން ބާޠިލްކޮށް، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ޕްރޮޖެކްޓްނަން |
ޕްރޮޖެކްޓްނަން |
ޕްރޮޖެކްޓްބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ގެރެންޓީ ދިވެހި ރުފިޔާ ( ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން ) |
(IUL)30/30/2021/47 |
ލ.މާބައިދޫގައި ޤާއިމްކުރާ 25 ޓަނުގެ (50 ޓަނުގެ ސްޓޯރޭޖާއެކު) އައިސްޕްލާންޓްގެ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުން |
ބިޑް ސެކިއުރިޓީ:1,750/- (އެއްހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ( ޕާފޯމަންސް ގެރެންޓީ: 70,000/-(ހަތްދިހަ ހާސް ރުފިޔާ) |
- މި މަޝްރޫޢު ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޕްރޮކިޔުމަންޓް އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި މަޝްރޫޢު ބެހޭ އެންމެހައި ލިޔެކިޔުންތައް 23 މާރޗް 2021 އިން ފެށިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓުން ( www.fishagri.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަށް ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީއާއިބެހޭ އިތުރު މަޢުލޫމާތު، "ބީލަމާބެހޭ މަޢުލޫމާތު ކަރުދާހު"ގައި ވާނެއެވެ.
- މި މަޝްރޫޢު ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީވުމަށް 01 އޭޕްރީލް 2021 ގެ 13:00 ގެ ކުރިން [email protected] އީމެއިލް ކުރެއްވުން އެދެމެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 05 އޭޕްރީލް 2021 ވަނަ ދުވަހުގެ 11:00 ގައި ބީލަން ހުށަހެޅުވުން އެދެމެވެ. ބީލަން ބަލައިގަތުން އޮންނާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައެވެ. ބީލަން ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތުގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ.
- ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަންޖެހޭ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ފޯން ނަންބަރު : 3339272
އީމެއިލް: [email protected]
9- ޕްރޮޖެކްޓްތަކާއި ގުޅޭ މަޢުލޫމާތު، އެގޮތުން، ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް، ބީލަން ޝީޓް އަދި ބީލަމުގެ ޖަދުވަލުތައް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.