މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ (ނ) މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ހުޅުވާލުން

އިޢުލާން

 

މިލަދުންމަޑުލު ދެކުނުބުރީ (ނ) މަނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 132,000 (އެއްލައްކަ ތިރީސް ދެހާސް) އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު i(IUL)88-PS/88/2021/8 (3 ފެބުރުވަރީ 2021) އަށް ހުށަހެޅުނު ބީލަންތަކުގައި ޝަރުތުހަމަވާ ފަރާތެއް ހިމެނިފައި ނުވާތީ ބީލަން އަލުން ހުޅުވާލުމަށް މިމިނިސްޓްރީއިންވަނީ ނިންމާފައެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 08 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހު 10:00 އަށް މި މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 28 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރެއް އީމެއިލް ކުރެއްވުން އެދެމެވެ.

 

މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 22 މާރިޗު 2021 ވާ ހޯމަ ދުވަހުން ފެށިގެން 06 އޭޕްރީލް 2021 އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު  މިނިސްޓްރީ އޮފް ޓޫރިޒަމް (ވޭލާނާގެ 5 ވަނަ ފަންގިފިލާ) ރިސެޕްޝަނުންނެވެ.

 

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 05 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

21 މާރިޗު 2021
ހޯދާ