މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

(IUL)13-HR/13/2021/94:ނަންބަރު

މަޤާމް:

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

 

J-294428

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް.5

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް

ސެކްޝަން

ނޭޝަނަލް ޓެންޑަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް، / ކ. މާލެ

މުސާރަ:

މަހަކު  13,890.00ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

-          ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

-          މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންތަކަކީ ފައިނޭންސް ، އެކައުންޓިންގ ،ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ  ސަޕްލައި ޗެއިން މެނޭޖްމަންޓް އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ގަވާއިދުތަކާއި ޕްރޮކިއުމަންޓް އުސޫލުތަކާއި ބައިނަލްއަޤްވާމީ ޕްރޮކިއުމަންޓް މިންގަނޑުތައް ދިރާސާކޮށް އެއްގޮތްވާ ގޮތުގެ މަތިން ނޭޝަނަލް ޓެންޑަރ މެދުވެރިކޮށް ކުރިއަށް ގެންދާ އެންމެހާ ޕްރޮކިއުމަންޓް ކަންތައްތައް ރާވާ ހިންގުމާއެކު ތަންފީޛުކުރުން. އަދި ނޭޝަނަލް ޓެންޑަރގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުމާއި މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކޮށް ބެލެހެއްޓުން.
  2. ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަންގެ މަޝްވަރާ އާއެކު، ނޭޝަނަލް ޓެންޑަރ ބޯޑުގެ ޖަލްސާތައް ބާއްވަމުން ގެންދިއުން އަދި  ނޭޝަނަލް ޓެންޑަރ ބޯޑުގެ ޖަލްސާތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.
  3. ނޭޝަނަލް ޓެންޑަރއިން ކުރިއަށް ގެންދާ ސަރުކާރުގެ ޕްރޮޖެކްޓްތަކާއި އަދި މައްސަލަތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހިންގުމާ އެހީދޭ ޖަމްއިއްޔާ ޖަމާއަތްތަކުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ޖަމްއިއްޔާތަކުގެ ޕްރޮކިއުމަންޓް ގަވާއިދުތަކާ ފުށުނާރާނެހެން ރާވާ ޕްރޮކިއުމަންޓް މަސައްކަތް ނިންމުން.
  4. އިވެލުއޭޝަންތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ބަލަހައްޓާ ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހެޅޭ އެންމެހާ ލިޔެކިޔުންތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއެއްގޮތަށް ހުރިތޯ ބަލާ ދިރާސާކޮށް ވަޒަންކުރުމާއެކު، ނޭޝަނަލް ޓެންޑަރ ބޯޑުން ނިންމާ ނިންމުންތައް އަންގަންޖެހޭ މުއައްސަސާތަކަށް ނުވަތަ ފަރާތްތަކަށް އަންގައި އަދި ނިންމުންތަކާއި، ހުށަހެޅޭ ޕްރޮޖެކްޓްތަކުގެ ރިކޯޑް ބެލެހެއްޓުން.
  5. ނޭޝަނަލް ޓެންޑަރ މެދުވެރިކޮށް ހުޅުވާލެވޭ ބީލަންތަކުގައި ބައިވެރިވާ ފަރާތްތަކަށް ދެފުށް ފެންނަ، ހާމަކަންބޮޑު ވާދަވެރި ބީލަމުގެ މާޙައުލެއް ގާއިމުކުރުމަށ ކުރަންޖެހޭ މަސައްކަތްތައް ކުރުން އަދި ހަމަހަމަކަމާއެކު އެންމެހާ ބީލަންވެރިންނަށް ބައިވެރިވެވޭނެ މަގު ފަހި ކޮށްދިނުމަށް މަސައްކަތްތަކުރުން.
  6. ޕަބްލިކް ޕްރޮކިއުމަންޓު ޕޮލިސީއާއި، ގަވާއިދާއި، ކަންހިނގަމުންދާގޮތް ބެލުމާއި، ރިވިއުކުރުމާއި،އެޕީލްކުރާގޮތާއި ސަސްޕެންޑް ކުރާގޮތާއި، ފަންނީކަންކަން ތަރައްޤީކުރުމާއި ޕްރޮކިއުމަންޓާއި ގުޅޭ މައުލޫމާތު ބެލެހެއްޓުމާއި ފޯރުކޮށްދިނުމަށް ޕްރޮކިއުމަންޓް ޕޮލިސީގެ އިދާރީ ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ ބަދަލުތައް ހުށަހެޅުން އަދި ނޭޝަނަލް ޓެންޑަރއިން ކުރިއަށް ގެންދާ ޕްރޮކިއުމަންޓުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުން.
  7.  ދައުލަތުގެ މުވައްސަސާތަކުން  ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮކިއުމަންޓާއި ބެހޭ މަޢުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި ދައުލަތުގެ އެހެން މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން. ނޭޝަނަލް ޓެންޑަރ މެދުވެރިކޮށް ކުރިއަށްގެންދާ ޕްރޮކިއުމަންޓްގެ މަސައްކަތްތަކުގެ ރިކޯޑްސް ބަލަހައްޓާ، މެއިންޓެއިންކޮށް ފައިލިންގް ސިސްޓަމްއެއް ގާއިމްކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  8. ނަޒާހާތްތެރިކަމާއެކު ނޭޝަނަލް ޓެންޑަރއިން ކުރިއަށް ގެންދާ ބީލަމާ ގުޅޭ އެންމެހާ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއެކު އޮފީހުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮގުތައް:

  1. އެކައުންޓިންގ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް މެނޭޖްމަންޓް
  4. ފައިނޭންސް
  5. ޕްރޮޖެކްޓު މެނޭޖުމަންޓު
  6. ސަޕްލައި ޗެއިން މެނޭޖްމަންޓް

 

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. އެކައުންޓިންގ
  2. ފައިނޭންސް
  3. ޕްރޮޖެކްޓު މެނޭޖުމަންޓު
  4. ސަޕްލައި ޗެއިން މެނޭޖްމަންޓް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. އެކައުންޓިންގ
  2. ފައިނޭންސް
  3. ޕްރޮޖެކްޓު މެނޭޖުމަންޓު
  4. ޕްރޮކިއުމަންޓް

 

ނޯޓު: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ/ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2249) އަދި މި މިނިސްޓްރީގެ ވެބްސައިޓު (https://www.finance.gov.mv/careers) އިންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

    (ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ   ކަންތައްތައް:

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް މި އިދާރާގެ ވެބްސައިޓު(https://www.finance.gov.mv/careers)  އިން ލިބެން ހުންނާނެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  23މާރިޗު 2021 (އަންގާރަ) ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 24  މާރިޗު  2021 އާއި 06 އެޕްރީލް 2021  އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް )A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި މިނިސްޓްރީގެ ކޯލް ސެންޓަރ 1617 އަށެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)  އިން ލިބެން ހުންނާނެއެވެ.

17 މާރިޗު 2021
ހޯދާ