ދިވެހިރާއްޖެ
ނަންބަރު: 29(IUL)202-M/1/2021/
އިޢުލާން
ގަވާއިދު ނަންބަރު 2017/R-2 "ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު" ގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ފަންނީ މާހިރުންގެ ދާއިމީ ކޮމިޓީ އައްޔަން ކުރުމަށްޓަކާ މިކޮމިޓީގައި ތިރީގައި މިދަންނަވާ ދާއިރާތަކުން ބޭފުޅުން ހިމެނުމަށް ވަނީ ކަނޑައަޅާއެވެ.
- މެރިން އިންޖިނިއަރިންގ ދާއިރާއިން
- ސްޓްރަކްޗަރަލް އިންޖިނިއަރިންގ ދާއިރާއިން
- ނޭވަލް އާކުޓެކްޓް ދާއިރާއިން
- ބޯޓް ބިލްޑިންގ (ކިއްސަރު ވަޑާމުގެ ދާއިރާއިން)
އެހެންކަމުން މަތީގައި ބަޔާންކޮށްފައިވާ ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ހުރި ފަންނީ މާހިރުންގެ ދާއިމީ ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ބޭފުޅުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ސީ.ވީ އާއެކު މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް 2021 އޭޕްރީލް 01 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވައި ދެއްވުން އެދި ދެންނެވީމެވެ.
27 ރަޖަބް 1442
11 މާރިޗު 2021
