ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
• އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުޞަތު

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/35

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-23-21)

 

 

 

އިޢުލާން

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުޞަތު

              ޕަބްލިކް ސަރވިސް މީޑިއާ އާއި ގުޅިގެން، ރާއްޖޭގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ފުޅާދާއިރާއެއްގައި ދިނުމުގެ މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން، އެކަމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

 

  1. މިކަމަށް ޝައުގުވެރިކަން ހުރިފަރާތްތަކުން، ރަސްމީ ސިޓީއަކުން އެކަން އެންގެވުން އެދެމެވެ. މިސިޓީގައި ކުންފުނީގެ ނަން، ގުޅާނެ ފަރާތެއްގެ ނަމާއި ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނަންވާނެއެވެ. އަދި ސިޓީއާއިއެކު ކުންފުނީގެ ރަޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  2. މިކަމަށް ޝައުގުވެރިކަން ހުރިފަރާތްތަކުން މިކަންކުރުމަށް ޤަސްދުކުރާ ގޮތުގެ ޕްރެޒެންޓޭޝަނެއް ޕީއެސްއެމްގެ މެނޭޖްމަންޓަށް ހުށަހަޅައި ދޭންވާނެއެވެ. ( ޕްރެޒެންޓޭޝަން ހަދަންވާނީ ޕަވަރ ޕޮއިންޓްގައެވެ).
  3. އެކްސްޕްރެޝަން އޮފް އިންޓަރެސްޓްއަށް ރިއާއަތްކޮށް، ޝޯޓްލިސްޓް ކުރެވޭ ފަރާތް/ކޮމްޕެނީސްތަކަށް އަންދާސީ ހިސާބު ހުށަހަޅުމަށް ބޭނުންވާ ފުރިހަމަ އާރް.އެފް.ޕީ އެއް ފޮނުވޭނެއެވެ.
  4. އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (މަތީގައި ބަޔާންކޮށްފައިވާ ޑޮކިއުމަންޓްތަކާ އެކު) ޕީ.އެސް.އެމްއަށް އެޑްރެސްކޮށް ތިރީގައި ދެވިފައިވާ މެއިލްތަކަށް 21 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން ފޮނުއްވުމަށް ދެންނެވީމެވެ.

 

ޕަބްލިކް ސަރވިސް މީޑިއާ

ރޭޑިއޯ ބިލްޑިންގ

މާލެ، 20331

އަމީނީމަގު، މާފަންނު

ރިޕަބްލިކް އޮފް މޯލްޑިވްސް

ފޯން: +960 3000300

އީމެއިލް: [email protected]

ސީސީ: [email protected]

 

               25 ރަޖަބު 1442   

              09 މާރިޗު 2021

09 މާރިޗު 2021
ހޯދާ