ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ.ނައިފަރު ހުސްބިންތަކާއި އަދި މަގުތައް ސާފުކުރުން

ކުރެހުމުގައި ފާހަގަ ކުރެވިފައިވާ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނަގައި މި ސަރަޙައްދު ސާފުކުރަން ބޭނުން ވެއެވެ. އަދި މި ސަރަޙައްދުގައި ކައުންސިލުގެ ހުއްދަ ނެތި ބަހައްޓާފައިވާ އުޅަނދުފަހަރުގެ ވެރިފަރާތުން މި ތަކެތީގެ މަޢުލޫމާތު 07 އޭޕްރިލް 2021 ވަނަ ދުވަހުގެ 13:00ގެ ކުރިން ނައިފަރު ކައުންސިލާއި ހިއްސާކޮށްދެއްވުން އެދެމެވެ.

މި  ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި މި މުއްދަތުތެރޭގައި ނަންގަވައި ބިންސާފުކުރުމަށް ދަންނަވަމެވެ. މުއްދަތު ހަމަވާއިރު ތަކެތި ނަންގަވައި ބިންސާފުކޮށްފައިނުވާނަމަ ކައުންސިލުން އެތަކެތި ނަގާ ނައްތާލެވޭނެވާހަކަވެސް ދެންނެވީމެވެ. އަދި ކައުންސިލްގެ ބެލުމުގެދަށަށް ގެނެވޭ ތަކެތި ދޫކުރެވޭނީ، ވެރިފަރާތްކަން ސާބިތުކުރުމާއިއެކު، ތަކެތި ނެގުމަށް ކުރި ޚަރަދު ދެއްކުމަށް ލިޔުމަކުން އެއްބަސްވުމަށްފަހުގައެވެ.

 

07 މާރިޗު 2021
ހޯދާ