ދިވެހިރާއްޖެ
`
(IUL)30-C/30/2021/57 :ނަންބަރު
1 ވަނަ އިޢުލާން
އިޢުލާން
މި މިނިސްޓްރީން ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ހދ.ހޮނޑައިދޫ، ށ.ނަލަންދޫ އަދި ނ.މިނާވަރު ދައުލަތުގެ ބޭނުމަކަށް ސަރުކާރުން ނަގަށް ކަނޑައަޅުއްވާފައިވާތީ، އެ ރަށްރަށަށް ކޮށްފައިވާ އިންވެސްޓްމަންޓް ދެނެގަތުމަށްޓަކައި ވެލުއޭޝަން އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް "ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަންތަކުގައި ސަރަޙައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލު" (10 ފެބްރުއަރީ 2021) އާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށްޓައި، މި މިނިސްޓރީގެ ނަންބަރު (IUL)30-C/30/2021/38 (16 ފެބްރުއަރީ 2021) އިޢުލާނާއި ގުޅިގެން ލިބިފައިވާ ބީލަންތައް ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 މާރޗް 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މިމަސައްކަތްކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރަންސް ހޯއްދެވުމަށް، މިމިނިސްޓްރީގެ އީމެއިލް [email protected] އަށް 14 މާރޗް 2021 13:00 ގެ ކުރިން، މެއިލް ކުރެއްވުން ލިބިލައްވާނެ ވާހަކަ ދަންނަވަމެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339204 އަދި 3339282 ނަންބަރު ފޯނަށެވެ.