ދިވެހިރާއްޖެ
މިއިދާރާގެ ނަމްބަރ: (IUL)248-CAFA/248/2021/14 ގައިވާ ހޮސްޕިޓަލް އަޅާ ބިމުގައި ހުރި ރުއްގަސް ކަނޑަން ޖެހޭތީ، އެރުއްގަހުގެ ވެރިން ސާފު ކުރުމުގެ މުއްދަތު 04 މާރޗް 2021 ވަނަ ދުވަހު ހެނދުނު 10.00 އަށް އިތުރުކޮށްފީމެވެ. އެރުއްގަހުގައި ކަޅު ފެހި، އަލިކުލައިގެ ދަވާދުން ރަސްގެ ޖަހައި 1 ން 584 އަށް ނަމްބަރެއް ޖަހާފައި ހުންނާނެއެވެ.
ވީމާ 04 މާރޗް 2021 ދުވަހުގެ ހެނދުނު 10 އަށް ރުއްގަހުގެ މައުލޫމާތު ކައުންސިލް އިދާރައަށް ނުގެނެސްވާ ފަރާތްތަކުން އެރުއްގަހުގައި މިއިދާރާއިން ޖަހާފައި ހުރި ނަމްބަރު މިއިދާރާއަށް ދުރުވެ ނޯޓު ކުރުމަށް ދެންނެވީމެވެ. ގަހުގެ މައުލޫމާތު ގެންނައިރު ގަހުގެ ވަށަމިން ސެންޓިމީޓަރުން ގެންނަށް ވާނެއެވެ. ވަށަމިން ގެންނަނީ 1 މީޓަރު މަތިންނެވެ. 04 މާރޗް 2021 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ގާނޫނު ނަމްބަރ 21/98 ( މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ރުއް ގަހާ ބެހޭ ގާނޫނު ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ކަނޑާ ލެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
