ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނިން އުފައްދާ ޓީވީ ޕްރޮގްރާމްތަކުގެ ޕްރެޒެންޓަރުންގެ މޭކަޕް ކޮށް، ހެއަރ ސްޓައިލް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/26

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-16-21) PSM-TVM_Pro /2021/05,07,13

 

 

 

 

އިޢުލާން

ކޯޓޭޝަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނިން އުފައްދާ ޓީވީ ޕްރޮގްރާމްތަކުގެ ޕްރެޒެންޓަރުންގެ މޭކަޕް ކޮށް، ހެއަރ ސްޓައިލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2021/21 ނަންބަރު އިޢުލާނާގުޅިގެން  ޕްރޮޕޯސަލް ހުށަހެޅުމުގެ މަރުހަލާގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

 

ބޭނުންވާ މޭކަޕް އާއި ބެހޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

1-         ފިލްމީ އުދަރެސް ޕްރޮގްރާމް (42 އެޕިސޯޑް)

  • ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު 18:00 ން 19:00 ނުވަތަ ބުދަ ދުވަހުގެ 19:00 ން 20:00 ގައި ޓީވީ ސްޓޭޝަންއަށް ޙާޟިރުވެ، އަމިއްލަތަކެތީގައި މޭކަޕްކޮށް، ހެއަރ ސްޓައިލް ކޮށްދިނުން.
  • މޭކަޕް/ ހެއަރ ސްޓައިލް ބޭނުންވާ ޢަދަދު: 1 އަންހެން ޕްރެޒެންޓަރ (ފޭސް މޭކަޕް / ހެއަރ ސްޓައިލިންގ)
  • ކޮންމެ ޕްރޮގްރާމެއް ނަގަން ފެށުމުގެ ކުރިން މޭކަޕް އަދި ހެއަރ ސްޓައިލް ހަދައި ނިންމަންވާނެއެވެ. މިކަން ކުރުމަށް 30 މިނެޓާއި 45 މިނެޓްގެ ވަގުތު ލިބޭނެއެވެ.

 

2-         ސަމާލް ޕްރޮގްރާމް މޭކަޕް އާރޓިސްޓް:   (13 ޕްރޮގްރާމް)

  • ކޮންމެ ހަފްތާއަކު ޝޫޓްކުރާނީ 1 ދުވަހު (ގަޑި އެގޭނީ އެދުވަހެއްގެ މެހެމާނަކު ދެއްވާ ގަޑިއަކުން)
  • މޭކަޕް ކުރަން ބޭނުންވާނީ ފިރިހެން ޕްރެޒެންޓަރ އެއްގެ
  • ކޮންމެ ޕްރޮގްރާމެއް ނަގަން ފެށުމުގެ ކުރިން މޭކަޕް އަދި ހެއަރ ސްޓައިލް ހަދައި ނިންމަންވާނެއެވެ. މިކަން ކުރުމަށް 30 މިނެޓާއި 45 މިނެޓްގެ ވަގުތު ލިބޭނެއެވެ.

 

 

3-   ހަފްތާނިންމުން ޕްރޮގްރާމް މޭކަޕް އާރޓިސްޓް:  (13 ޕްރޮގްރާމް)

  • މި ޕްރޮގްރާމަކީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެރޭ ލައިވް ކުރާ ޕްރޮގްރާމެއް، އެހެންކަމުން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭ 21:00 އަށް ޓީވީއެމަށް ވަޑައިގެން އަމިއްލަތަކެތީގައި މޭކަޕްކޮށް، ހެއަރ ސްޓައިލް ކޮށްދިނުން.
  • މޭކަޕް/ ހެއަރ ސްޓައިލް ބޭނުންވާ ޢަދަދު:  1 ފިރިހެން އަދި 1 އަންހެން ޕްރެޒެންޓަރ.

 

  • ކޮންމެ ޕްރޮގްރާމެއް ނަގަން ފެށުމުގެ ކުރިން މޭކަޕް އަދި ހެއަރ ސްޓައިލް ހަދައި ނިންމަންވާނެއެވެ. މިކަން ކުރުމަށް 45 މިނެޓާއި 60 މިނެޓްގެ ވަގުތު ލިބޭނެއެވެ.

 

ނޯޓް:

  • މޭކަޕްކޮށް ހެއަރ ސްޓައިލް ކުރުމަށް ބޭނުންކުރާ ތަކެއްޗަކީ ސާފްތާހިރު ތަކެތި ކަމުގައި ވާންވާނެއެވެ. އަދި މިދުވަސްވަރަކީ ޕެންޑަމިކެއްގެ ދުވަސްވަރު ކަމުގައިވާތީ ޚިދުމަތް ދިނުމުގައި އަދި ޚިދުމަތުގައި ބޭނުންކުރާތަކެތި  ބޭނުންކުރުމުގައި ހުންނަންޖެހޭ ރައްކާތެރިކަން ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ.
  • މޭކަޕްކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކުން ދީފައިވާ މަޢުލޫމާތާއެއްގޮތަށް މިމަސައްކަތްކޮށްދުމަށް ހުށަޅާ ކޯޓޭޝަން ދީފައިވާ މެއިލް އަށް ސުންގަޑި ހަމަވުމުގެ ކުރިން ފޮނުއްވުން އެދެމެވެ.
  • އަގު ހުށަހަޅާނީ ތިރީގައިވާ ފޯމެޓްއަށް އަމިއްލަކޯޓޭޝަންގައެވެ.

 

 

#

ތަފްޞީލް

އެޕިސޯޑްގެ އަދަދު

އެޕިސޯޑްއަކަށް  ހުށަހަޅާ އަގު

ޖުމްލަ އަގު

1

ފިލްމީ އުދަރެސް

42

 

 

2

ސަމާލް ޕްރޮގްރާމް

13

 

 

3

ހަފްތާނިންމުން ޕްރޮގްރާމް

13

 

 

ޖީއެސްޓީ (ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާނަމަ)

 

ޖުމްލަ އަގު

 

 

 

ކޯޓޭޝަން ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

1

ކޯޓޭޝަން ހުށަހަޅާއިރު ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

ކޯޓޭޝަން ހުށަހަޅާ މަރުޙަލާގައި،

އަސާސީ މަޢުލޫމާތެއް މަދުނަމަ، އެ ކޯޓޭޝަން ބަލައިނުގަނެވޭނެއެވެ.

  • ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި އަމިއްލަ ފަރުދުން

1-  ކޯޓޭޝަން/ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު)

  • މިކުންފުންނި / އަމިއްލަ ފަރުދުންގެ ވިޔަފާރިނަމަ،

2- ކޮމްޕެނީ / އަމިއްލަ ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީގެ ކޮޕީ:

3- ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ:

4- ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ

  •  އަމިއްލަ ފަރުދެއްނަމަ،

5-   އައިޑީ ކާޑް ކޮޕީ

2

ޕޮއިންޓް ދެވޭނެގޮތް

1- އަގަށް:                      70 ޕޮއިންޓް

2-  ކަމާގުޅުންހުރި ތަޖްރިބާ:           20 ޕޮއިންޓް

3- ފައިސާ ދައްކަން ހުށަހަޅާ މުއްދަތަށް:    10 ޕޮއިންޓް

3

ސުންގަޑި

04 މާރިޗު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިންނެވެ.

4

ބިޑްނުވަތަ މަސައްކަތް އެވޯޑްކުރުން

ޕީއެސްއެމްގެ ބިޑްކޮމެޓީން ކޯޓޭޝަންތައް އިވެލުއޭޓްކޮށް ނިމުމުން އެވޯޑް ކުރެވޭ ފަރާތަށް އެވޯޑް ލެޓަރ އެއް ފޮނުވޭނެއެވެ.އަދި ނުހޮވޭ ފަރާތްތަކަށް މި މަޢުލޫމާތު ޙިއްސާކުރެވޭނެއެވެ.

އެވޯޑް ލެޓަރ ފޮނުވުމަށްފަހު، ނުހޮވޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް 5 ދުވަހުގެ ފުރުޞަތެއް ދެވޭނެއެވެ. މި 5 ދުވަސްފަހުން އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާނަމަ އެވޯޑްވި ފަރާތާ، ޕީއެސްއެމްއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ޙަވާލުކުރެވޭނެއެވެ. 

4

ކޯޓޭޝަންބަލައި ގަތުން:

 

ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

                     17 ރަޖަބު  1442

                     01 މާރިޗު 2021 

01 މާރިޗު 2021
ހޯދާ