ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމަށްޓަކައި އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަން، އަދި ބީ.އޯ.ކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މާލޭގައި ޤާއިމްކުރެވިފައިވާ ސުޕީރިއާ ކޯޓުތަކާއި، ހައިކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އިމާރާތް ކުރުމަށް ހުޅުމާލެއިން ހަމަޖެހިފައިވާ ބިމުގައި، 4 ޢިމާރާތް ހިމެނޭގޮތަށް މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމަށްޓަކައި އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަން، އަދި ބީ.އޯ.ކިއު ތައްޔާރުކުރުމާއި، ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއްހޯދުމަށް އިޢުލާން ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިޢުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2021 މާރިޗް 2 ވަނަ ދުވަހުގެ 13:00 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އޮންނާނެއެވެ.

ނޯޓް: މި ޑިޕާޓްމަންޓްގެ ވެބްސައިޓުގައި މަޢުލޫމާތު ޝީޓު ޝާޢިއުކުރެވިފައިވާތީ، މަޢުލޫމާތަށް ހާޟިރުވާފަރާތްތަކަށް ހާރޑް ކޮޕީ ޕްރިންޓްކޮށް ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 މާރިޗް 4 ވަނަ ދުވަހުގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށްފަހު، 2021 މާރިޗް 11 ވަނަ ދުވަހުގެ 13:00އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށްޓަކައި ކުންފުނީގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު މި ޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ރަޖަބް     1442

28 ފެބުރުވަރީ 2021
ހޯދާ