މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ބ.ތުޅާދޫ، ތ.ވިލުފުށި، ށ. ބިލެތްފަހި އަދި ހދ. މަކުނުދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް (މުއްދަތު އިތުރުކުރެވިފައި)

 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ތިރީގައިވާ މަސައްކަތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމަށް އެދި މިމިނިސްޓްރީއިން ކުރި ނަންބަރު (IUL)13-K/13/2021/46 (11 ފެބުރުވަރީ 2021 ) އިޢުލާނަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ މުއްދަތު 1 މާރިޗު 2021، 14:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.

 ލޮޓުގެ ނަންބަރު

މަސައްކަތުގެ ތަފްސީލު

ލޮޓް -1

ބ.ތުޅާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް

ލޮޓް-2

ތ.ވިލުފުށި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް

ލޮޓް -3

ށ. ބިލެތްފަހި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް

ލޮޓް -4

ހދ. މަކުނުދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް

2. މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން 31 ޖަނަވަރީ 2021 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެކެވެ.

3. މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.

4. ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 2021 މާރިޗު  01ވާ ހޯމަ ދުވަހުގެ 14:00ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: +(960) 3349147, +(960) 3349296

އީ މެއިލް:. [email protected]

ކޮޕީ:  [email protected]

25 ފެބުރުވަރީ 2021
ހޯދާ