މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލ.ހިތަދޫ ސްކޫލް 04 ކްލާސްރޫމް (2 ބުރި) އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

`

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 

     މާލެ،

   ދިވެހިރާއްޖެ.

                                          އިޢުލާން ނަންބަރ: IUL)22-G/22/2021/45)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  • ލ.ހިތަދޫ ސްކޫލް 04 ކްލާސްރޫމް (2 ބުރި) އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު  ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  • މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  • މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް  23 ފެބްރުއަރީ 2021 އިން  03 މާރިޗް 2021 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  • ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000ރ(ފަންސަވީސް ހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.

    ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.moe.gov.mv/

  • މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 މާރިޗް 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބިޑް ހުޅުވުން އޮންނާނީ 09 މާރިޗް 2021 ވާ އަންގާރަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައެވެ.
  • މި ޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓްސެކްޝަން
  • ފޯން:  3341136, 3341127
  • އީ-މެއިލް: [email protected]
  • ކޮޕީ އީ-މެއިލް: [email protected]
  • ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: https://forms.moe.gov.mv/
23 ފެބުރުވަރީ 2021
ހޯދާ