މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަރކް ޕަރމިޓް ފީއާ ގުޅޭ
ވަރކް ޕަރމިޓް ފީއާ ގުޅޭ
މި މިނިސްޓްރީގެ ނަންބަރު (IUL)101-ER/1/2021/37 (11 ފެބްރުވަރީ 2021) އިިޢުލާނަށް ޙަވާލާދީ ދަންނަވަމަވެ.
ޤަވާޢިދު ނަންބަރު 2021/R-16 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާޢިދު) ގައި ބަޔާންކުރާ ގޮތުގެ މަތިން، ވަރކް ޕަރމިޓް ދޫކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މިބަދަލާ ގުޅިގެން، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވަރކް ޕަރމިޓް ފީ ދެއްކެވުމުގައި، ސިސްޓަމް ބޭނުންކުރައްވާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން މި މިނިސްޓްރީއަށް ފާހަގަކުރެވެއެވެ.
އެހެންކަމުން، 31 މާރޗް 2021 ދުވަހުގެ ނިޔަލަށް، ޖޫރިމަނާއަކާނުލައި ވަރކް ޕަރމިޓް ފީ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
23 ފެބުރުވަރީ 2021
ހޯދާ
